ރާއްޖެއަށް އޮކްޓޫބަރުމަހެއްގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ނިމުނު އޮކްޓޫބަރުމަހުކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ނިމުނު އޮކްޓޫބަރުމަހު ރާއްޖެއަށް 153600 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށެވެ. އަދި މިއީ އޮކްޓޫބަރުމަހެއްގައި މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި މަސްކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނާގޮތުން މިއަހަރުގެ އޮކްޓޯބަރުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 137،488 ފަތުރުވެރިންނާއި 2021 ވަނަ އަހަރު ޒިޔާރަތްކުރީ 136،298 ފަތުރުވެރިންނާއި އަޅާބަލާއިރު ވަރަށް ބޮޑަަށް އިތުރު އަދަދެކެވެ.



ޓޫރިޒަމް މިނިސްޓްރީން ބުނީ މިކާމިޔާބަކީ ސިނާއަތުގެ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު ހޯދިފައިވާ ކާމިޔާބީއެއްކަމަށެވެ.

ކޯވިޑަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން