އެމްޑީޕީގެ ތެރޭގައި ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ އިދިކޮޅު ޕީޕީއެމްގެ ފެކްޝަނެއް އެބައޮތްކަމަށް އައްޑު މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ބައެއް އެހެން މެމްބަރުންވެސް ވަނީ ޕީޕީއެމާއި އެމްޑީޕީގެ ބައެއް މެމްބަރުން ގުޅިގެން މަސައްކަތްކުރާކަމަށް މީގެކުރިން ތުހުމަތުކޮށްފައެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތްކަމަށާއި އެފެކްޝަނުން މަޖިލިސްތެރޭގައި ޕީޕީއެމާއެކު މަސައްކަތް ކުރާކަމީ މިހާރު ފޮރުވެން އޮތް ކަމެއް ނޫންކަމަށެވެ.



ރޮޒައިނާ ވިދާޅުވީ ޕީޕީއެމް މަޖިލިސް މެމްބަރުން މެދުވެރިކޮށް ސަރުކާރާއި ދެކޮޅަށް އިސްލާހުތައް ހުށައަޅުއްވަނީ ކޮންބޭފުޅެއްކަން އިއްޔެގެ މަޖިލިސް ބެލި މީހުންނަށް އެނގޭނެކަމަށެވެ.

ރޮޒައިނާގެ މި ވާހަކަތައް އަމާޒުކޮށްފައި ވަނީ ކޮން ބޭފުޅަކަށްކަމެއް ނޭނގެއެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮތީ ބަޖެޓް ހުށަހެޅުމާއި ޓެކްސް ބޮޑުކުރުމުގެ އިސްލާހަށް މުޅި މަޖިލީހުގެ ކޮމިޓީގައި ވޯޓަށް އެހުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން