އަހުމަދު މަސްނޫމް   1 ނޮވެމްބަރު 2022 - 14:47
ނިމުނު 3 ކުއާޓަރުގައި އެމްޓީސީސީއަށް 593 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެމްޓިސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި، 47.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 77.78 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 38 އިންސައްތަ ދަށް އަދަދެކެވެ.

3 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައި ވަނީ ޖުލައިމަހުގެތެރޭ ބޮޑު ޗުއްޓީއެއް އައުމާއި ގުޅިގެން އެކުންފުނީގެ ޓްރޭޑިންގ ސެގްމަންޓަށް އެކަމުގެ އަސަރުކުރުމުންނެވެ.

އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ހިސާބުތަކަށް ބަލާއިރު، ފުރަތަމަ 9 މަސް ދުވަހުގެތެރޭ އެމްޓީސީސީއަށްވަނީ އާމްދަނީގެ ގޮތުގައި 1.74 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 200 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެމްޓީސީސީން ލަފާކުރާ ގޮތުގައި މި އަހަރު ނިމޭއިރު، އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެއެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން