މަޤާމުގައި 10 އަހަރު ހަމަވެފައިވާ ފަނޑިޔާރުންނަށް ޢުމުރުން 55 އަހަރު ނުވިނަމަވެސް ޝަރަފްވެރިކަމާއެކު މުސްކުޅިކުރެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

މަގާމުން މުސްކުޅި ކުރާ ފަނޑިޔާރުންނަށް އިނާޔަތްދިނުމުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅި ކުރެވޭނީ 3 ހާލަތެއްގައެވެ. އެއީ ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވުމާއި، ޢުމުރުން 70 އަހަރުވުމުން އޮޓޮމެޓިކުން ވަކިވުމާއި، ސިއްޙީ ސަބަބުތަކަށްޓަކައި އަމިއްލައަށް އެދިގެން މަޤާމުން ވަކިވުމެވެ.

މި ގަވާއިދަށް އަލަށް ގެނަޢި އިސްލާހުގައި ވަނީ 55 އަހަރު ނުވިނަމަވެސް މަޤާމުން މުސްކުޅި ކުރެވިދާނެކަމަށެވެ. އެގޮތުން ޝަރަފްވެރިކަމާއެކު މަޤާމުން ވަކިކޮށްދިނުމަށް ފަނޑިޔަރުކަމުގައި 10 އަހަރު ދުވަހު ޚިދުމަތްކޮށްފައިވާ ފަނޑިޔާރުންނަށް އެދެވިދާނެކަމަށް އިޞްލާހުގައިވެއެވެ. އަދި އެ ފަނޑިޔާރަކު ޝަރަފްވެރިކަމާއެކު މުސްކުޅި ކުރެވޭނީ ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއްގެ ގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގައި ބަޔާންކުރާ ނަސޭހަތްދީ، ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަން ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ނުވާ ފަނޑިޔާރުންނަކަމަށްވެސް ޤަވާއިދުގައި ބަޔާންކުރެއެވެ.

މީގެ އިތުރުން ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއްގެ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ވަޒީފާއަށް ނުކުތުން ތިން މަސް ދުވަހަށް މަނާކޮށްފައިވާ ފަނޑިޔާރަކުވެސް ޝަރަފްވެރިކަމާއެކު މުސްކުޅި ނުކުރެވޭނެކަމަށް އައު ޤަވާއިދުގައިވެއެވެ.

ޝަރަފްވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިކުރެވޭ ފަރާތްތަކަށް ދޭ ޢިނާޔަތުގެ ތެރޭގައި، ގަނޑުކޮށްދޭ ފައިސާއާއި ޢިނާޔަތްތަކުގެ އިތުރުން މަހުން މަހަށް ޢުމުރު ދުވަހަށް ދޭ ފައިސާގެ ޢިނާޔަތް އަދި މެޑިކަލް އިންޝިއުރަންސް ހިމެނއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން