ގިނިސް ވޯލްޑް ރެކޯޑެއް ގާއިމްކުރުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ފްރީޑައިވް ޙަރަކާތް "ނޭވާ 2" އަށް ގިނިސް ވޯލްޑް ރިކޯޑް ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ރެކޯޑް ރަސްމީކޮށް ރާއްޖެއާ ހަވާލުކޮށްދެއްވީ ގިނިސް ރެޕްރެޒެންޓޭޓިވް ސުވަކްނިލް ދަންރިކާއެވެ. އަދި އެވޯޑާ ރާއްޖެއިން ހަވާލުވީ ފްރީޑައިވް އެޕް މޯލްޑިވްސްގެ ފައުންޑަރ ފަހުދު ފާއިޒްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެ ކަނބަލުންނާއި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއިން ޤާއިމުކުރި "ފްރީޑައިވް ވޯރލްޑް ރިކޯޑް" ގިނިސް ވޯރލްޑް ރިކޯޑް ފޮތުގައި ރަސްމީކޮށް ހިމަނާފައިވަނީ 2019 ވަނައަހަރުއެވެ. މި ރިކޯޑު ރާއްޖެއިން ޤާއިމްކުރީ 521 ޑައިވަރުންނާއެކުއެވެ. ގިނިސް ވޯރލްޑް ރިކޯޑް ފޮތުގައި ހިމެނުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުވެސް ވަނީ މިފަދަ ޑައިވްއެއް ކުރިއަށް ގެންގޮސްފައެވެ. މި ޑައިވްގައި މިފަހަރު 452 ޑައިވަރުން ފުރިހަމަކުރިއެވެ.
މިއަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ކުރިއަށްގެންދިޔަ "ނޭވާ 2" ފްރީ ޑައިވިންގެ ރިކޯޑާއި ގުޅިގެން ބޭއްވި ގާލާ ޑިނަރ ނައިޓްގައި ވަނީ މިހަރަކާތުގައި ބައިވެރިވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ޢާއިލާއަށް ހަނދާނީ ފިލާއާއި އެވޯޑް އަރުވާފައެވެ.

The @gwr for the most people performing static apnea simultaneously was officially presented to the Maldives at the event. The free-diving event was organised by Freedive Maldives to commemorate Maldives’ Golden Year of Tourism. pic.twitter.com/wxWd47YWwq
— The President's Office (@presidencymv) October 31, 2022
ރާއްޖެއިން ޤާއިމުކުރި "ފްރީޑައިވް ވޯރލްޑް ރިކޯޑް" ގިނިސް ވޯރލްޑް ރިކޯޑް ފޮތުގައި ރަސްމީކޮށް ހިމަނާފައިވަނީ 2019 ވަނައަހަރުއެވެ. މި ރިކޯޑު ރާއްޖެއިން ޤާއިމްކުރީ 521 ޑައިވަރުންނާއެކުއެވެ. ގިނިސް ވޯރލްޑް ރިކޯޑް ފޮތުގައި ހިމެނުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުވެސް ވަނީ މިފަދަ ޑައިވްއެއް ކުރިއަށް ގެންގޮސްފައެވެ. މި ޑައިވްގައި މިފަހަރު 452 ޑައިވަރުން ފުރިހަމަކުރިއެވެ.
މިއަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ކުރިއަށްގެންދިޔަ "ނޭވާ 2" ފްރީ ޑައިވިންގެ ރިކޯޑާއި ގުޅިގެން ބޭއްވި ގާލާ ޑިނަރ ނައިޓްގައި ވަނީ މިހަރަކާތުގައި ބައިވެރިވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ޢާއިލާއަށް ހަނދާނީ ފިލާއާއި އެވޯޑް އަރުވާފައެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު