ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުޤައްރިރަކަށް ކަނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.
މަޖިލީހަށް މިއަދު ބަޖެޓް ހުށަހެޅުނުއިރު، މިއަދު ވަނީ ވަނީ ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.
ބަޖެޓު ކޮމިޓީ އަކީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިޤްތިޞާދީ ކޮމިޓީ އެކުލެވޭ ޖޮއިންޓް ކޮމިޓީއެކެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުުމުގައި ބަޖެޓް ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު އައްޔަންކުރީ ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ބަޖެޓް ކޮމިޓީގެ ނާއިބު މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ.
ވޭތުވެދިޔަ 3 އަހަރުވެސް ބަޖެޓު ކޮމިޓީގެ މުގައްރިރުކަމާއި ނާއިބު މުގައްރިރުކަން ކުރައްވަނީ ނާޝިޒްއާއި މުޙައްމަދު ރަޝީދެވެ.
އަންނަ އަހަރަށް ލަފާކޮށް 42.68 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ނޮވެމްބަރު 11 އިން 16 ވަނަ ދުވަހާއި ހަމައަށްކަމަށެވެ. އަދި ބަޖެޓު ދިރާސާކުރުމަށްފަހު މުޅި ބަޖެޓް ތަޅުމުން ފާސްކުރުމަށް ތައާވަލުކޮށްފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު