ދައުލަތުގެ ބަޖެޓް ކުޑަކޮށް ރާއްޖެ ފަހަތަށް ޖެހިއްޖެނަމަ ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ރޭ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ އިސްލާހާއި ގުޅިގެން ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމީ ގައުމަށް ދިމާވި އިގްތިސާދީ ދަތި ހާލަތަކާއި ގުޅިގެން ކަމަށެވެ. މިހާލަތުގައި ރާއްޖެއަށް ފަހަތަށް ޖެހެވެން ނެތް ކަަމަށާއި ފަހަތަށް ޖެހި ދައުލަތުގެ ބަޖެޓް ކުޑަކޮށްފިނަމަ ފަހުން ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއަށްދަނީ ބަޖެޓުން ކަމަށެވެ. ބަޖެޓަކީ ރާއްޖޭގެ އިގްތިސާދު އެބުރުމަށްޓަކައި ކޮންމެހެން ބޭނުންވާ އެއްޗެއް ކަމަށް ޣަފޫރު ވިދާޅުވިއެެވެ.
"އަޅުގަނޑުމެން ބަޖެޓް ކުޑަކޮށް ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ފައިސާ ނުނެރިފިއްޔާ އިގްތިސާދު ކުރިއަރައި ނުދާނެ، އޭގެ ސަބަބުން އިގްތިސާދީ ގޮތުން ލިބެންޖެހޭ މަންފާ ތަކެއް ލިބިގެންނުދާނެ، އެހެންވީމަ އަޅުގަނޑުމެން ޖެހޭނީ ހިތްވަރާއެކު ކުރިއަށްދާން، މިއަދު މި ހިތި ބޭސް ވެސް އަޅުގަނޑުމެން ޖެހޭނީ ބޯން،" ޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން ޣަފޫރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ނެގެހެއްޓުމަށް ޓެކުހަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. މިއަދު ޓެކްސް ބޮޑުނުކޮށްފިނަމަ އިގްތިސާދީ ގޮތުން އަންނަ ލޮޅުމަކުން އަރައިގަންނަން ފަސޭހަނުވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ. ސަރުކާރުން ޖީއެސްޓީ ބޮޑުކުރަނީ އެންމެ ދެ ޕަސެންޓް ކަމަށާއި އެއީ ކޮންމެ ރުފިޔާއަކުން ދެ ލާރި ކަމަށެވެ. ޣަފޫރު ވިދާޅުވީ ޖީއެސްޓީއާއި ދެކޮޅަށް ވާހަކަ ދައްކާއިރު ޖީއެސްޓީ މާފުކޮށް ދީފައިވާ ކެޓަގަރީތަކެއް އެބަހުރި ކަމަށާއި އެ ވާހަކަ ދައްކަންޖެހޭނީ އެކަން ދެނެ ތިބެ ކަމަށެވެ. އެގޮތުން 15 ކެޓަގަރީ އަކުން ޖީއެސްޓީ މާފުކޮށްފަައިވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"އަޅުގަނޑު ހަނދާންވާގޮތުން ގާތްގަނޑަކަށް 15 ކެޓަގަރީއަކުން އިންނާނެ ޖީއެސްޓީ މާފުކޮށްދީފައި. އެއީ ހަނޑޫ ހަކުރު ފުށް މިހެން ގޮސް މަސް އެތަށް ބައިވަރު ތަރުކާރީ އެތަށް އެއްޗަކުން ހުންނާނީ 0 ޖީއެސްޓީ،" ޣަފޫރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު