ހޭނެތިގެން މާލޭ މަގުމައްޗަށް މިއަދު ވެއްޓުނު މީހަކަށް އެހީވުމުގައި ޒުވާނަކާއި ދަރިވަރަކު ދެއްކި ނަމޫނާއަށް ގިނަބަޔަކު ތައުރީފު ކޮށްފިއެވެ.
އެ ހާދިސާ ގާތުން ހިނގިތަން ފެނުނު މީހަކު ވަނީ އެކަން ހިނގިގޮތް ފޭސްބޫކްގައި އާންމުކޮށްފައެވެ. އެ ޕޯސްޓްކުރި ޝަހުލާ ވަޖީހު ނަމަކަށްކިޔާ މީހަކު ބުނީ ހާދިސާ ހިނގީ މިއަދު މެންދުރު ގާތްގަނޑަކަށް 1:15 ހާއިރު ދަރިފުޅު ސްކޫލުން ނިމިގެން ގެއަށް ދިއުމުގެ ކުރިން ސައިކަލަށް ޕެޓްރޯލް އަޅަން ކާނިވާ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑަށް ގޮސް ކިއުގައި މަޑުކޮށްގެން އިންދާ ކަމަށެވެ.
އޭނާ ބުނީ، ކިއުގައި އިންދާ ކާނިވަލުން ބޮޑުތަކުރުފާނު މަގަށް ނުކުންނަން އައި ސައިކަލެއް އަރިއަޅާލާ ސައިކަލު ދުއްވަން އިން މެދު އުމުރުގެ ފިރިހެން މީހާ ބިންމައްޗަށް ވެއްޓެމުން ދާތަން ފެނުންކަމަށާއި އޭނާ ވެއްޓެމުން ދިޔައިރު އޭނާގެ ސައިކަލުގައި އިން އަންހެނަކު އޭ ފިރިހެންމީހާ ވެއްޓުނަ ނުދީ ހިފެހެއްޓޭތޯ މަސައްކަތް ކުރިކަމަށެވެ.
އޭނާ ބުނީ، އެ ފިރިހެންމީހާ ވެއްޓުމާއިއެކު ދަރިފުޅު އަތުގައި ހިފައިގެން ދުވެފައިގޮސް އެމީހުނަށް އެހީވާން އޭނާ ވެސް އުޅުނު ކަމަށެވެ.
ފޮޓޯ ހިއްސާކޮށް ޝަހުލާ ބުނެފައިވަނީ، ފޮޓޯއިން ފެންނަ ކަޅުކުލައިގެ ޓީޝާޓުގައި އިން ޒުވާނާއާއި އަރަބިއްޔާ ސްކޫލްގެ ދަރިވަރަކާއި އެކުއްޖާގެ ބައްޕަވެސް އެހީވުމަށް އެތަނަށް ދިޔަ ކަމަށެވެ. ފޮޓޯގައި ކަޅުކުލައިގެ ޓީޝާޓުގައި އިން ޒުވާނާ، ވެއްޓިފައި އޮތް މީހާ ރިކަވަރީ ޕޮޒިޝަނަށް ގެނެސް ފުރަތަމަ އެހީ ދެމުން ދިޔައިރު، އަރަބިއްޔާގެ ދަރިވަރު ވަގުތުން އޭނާގެ ފޮތްދަބަސް ކޮނޑުން ނަގައި ވެއްޓިފައި އޮތް މީހާގެ ބޯދަށަށް ލެއްވި ކަމަށާއި އެ ދަރިވަރު ފުރަތަމަ އެހީ ދިނުމުގައި ޒުވާނާއަށް އެހީވަމުން ދިޔަ ކަމަށްވެސް ޝަހުލާ ވަނީ ބުނެފައެވެ.
އޭނާ ބުނީ، ވެއްޓުނު މީހާގެ ފައި ސައިކަލުގައި ތާށިވެފައި އޮތުމުން އޭނާ ނެގުމަށް ޝަހުލާވެސް އެހީތެރިވި ކަމަށާއި، އެމްބިއުލާންސަށް ގުޅުމަށްފަހު އެމްބިއުލާންސް އައުން ލަސްވެދާނެތީ އެމަގުން ދިޔަ ކާރަކަށް ލާފައި ބަލިމީހާ ހޮސްޕިޓަލަށް ފޮނުވިކަމަށެވެ.
މި ހާދިސާ ހިނގިއިރު އެހީވި ދަރިވަރު އެވަގުތު ކަންތައްކުރި އޯގާތެރި ގޮތާއި ޒުވާނާވެސް އެހީވުމުގައި ބޭނުންކުރި ހުނަރަށާއި އިހުސާންތެރިކަމަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު