މަސްވެރިކަމުގެ ސިނާއަތުގެ ފުރިހަމަ ފައިދާ ހޯދޭނެ މަގު މި ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، މިހާރު ކުރިއަށްދާ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް"ގައި "ދިވެހި މަސްވެރިކަމުގެ ކުރިމަގު،" މި މައުޟޫއުގައި ކުރިއަށް ގެންދިޔަ ޕެނަލްޑިސްކަޝަން އެއްގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ފައިސާގެ މާ ބޮޑު އެހީއެއް ވެވެން ނެތް ނަމަވެސް، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އަޅާނުލައި ދޫކޮށްނުލައްވާނެ ކަމަށެވެ.
އަދި ގެއްލުންވިޔަސް ސަރުކާރުން މަސްގަތުން ހުއްޓާ ނުލާނެ ކަމަށާއި މިހާރު ކިތަންމެ ގޯސް ހާލަތެއްގައި އޮތް ނަމަވެސް، މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ނަގައި އެ ސިނާއަތުގެ ފުރިހަމަ ފައިދާ ހޯދޭނެ މަގު މި ސަރުކާރުން ތަނަވަސްކޮށްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މަސްވެރިކަމަކީ އިގްތިސާދީ ގޮތުން މަންފާ ލިބޭ، ފައިދާހުރި ސިނާއަތަކަށް ހަދަން ސަރުކާރުން ބޭނުންވާ ކަމަށް ވައުދުވަން. އެކަމަށް ކޮމިޓްވެގެން މި ތިބީ،" މަސްވެރިކަމަށް މި ސަރުކާރުން ރަނގަޅު އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މަސްވެރިންނަށް މަސްކިރުމަށް ފަހިކޮށްދީފައިވާ ފުރުސަތުތަކުގެ މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޅ. ފެލިވަރުން ދުވާލަކު 100 ޓަނު މަސް ކިރުވޭ އިރު އެތަނުގައި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖު މިހާރު ހިމެނޭ ކަމަށާއި ކޫއްޑުއަށް 4000 ޓަނުގެ ކޭނަރީ ކެޕޭސިޓީ އިތުރުކުރަމުންދާ ކަމަށެވެ.
އަދި ގަނޑުކުރި މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރަން މަސައްކަތްތަކެއްވެސް ކުރަމުންދާ ކަމަށާއި މިހާރު 240 ޓަނުގެ ކެޕޭސިޓީ ހުރިނަމަވެސް، ކުރިމަގުގައި އެ އަދަދު 500 ޓަނަށް އިތުރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު