ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ބަންގްލަދޭޝްގެ އަލަމްގީރާއިއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި އިތުރު މީހެއްގެ މައްޗަށް މިއަދު ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލާގައި ހުކުމް ކޮށްފައިވަނީ ކަސްޓަމްސްގައި ކުރިން މަސައްކަތް ކުރި، ދަފްތަރު ނަންބަރު ރސ 4549، މަޙްމޫދު ރިޔާޟްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.
މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގަޔާއި އަވަސްނިޔާގެ އަޑުއެހުމުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުން މަޙްމޫދު ރިޔާޟް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން، އެ ގާނޫނުގެ 411 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 1106 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޙްމޫދު ރިޔާޟް 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މަޙްމޫދު ރިޔާޟް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 06 (ހައެއް) މަހާއި 20 (ވިހި) މުއްދަތުގެ އަދަބެއް ކަމަށާއި، އަދި ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު ގެ 37 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މި މުއްދަތުގެ ތެރެއިން 03 (ތިނެއް) މަހާއި 10 (ދިހައެއް) ދުވަހަކީ ޖަލު ހުކުމެއްގެ ގޮތުގައި ތަންފީޒުކުރަންޖެހޭ މުއްދަތެއް ކަމަށާއި، ބާކީ 06 (ހައެއް) މަހާއި 20 (ވިހި) ދުވަހަކީ ގޭ ބަންދުގެ ހުކުމެއްގެ ގޮތުގައި ތަންފީޒުކުރަންޖެހޭ މުއްދަތެއް ކަމުގައިވެސް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު