ތަމްރީނު ފުރިހަމަ ކުރަމުންދިޔަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ މާފުށީގައި ޓްރެއިން ހަދަމުން ދިޔަ ކަރެކްޝަންގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެނެސް ފަރުވާ ދެމުން ދާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 11:15 ހާއިރު ލިބުނު ކަަމަށެވެ.

އަދި އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މަރުވެފައިވަނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ ބޭސިކް ޓްރޭނިންގ ކޯސް މާފުށި ޖަލުގައި ހަދަމުންދިޔަ ޓްރޭނީ އުމުރުން 18 އަހަރުގެ އާމިނަތު ނަޝްވާ ނަސީމެވެ.

ކަރެކްޝަންސުން ބުނީ، މި ހާދިސާގެ އިތުރު މައުލޫމާތު ފަހުން އާންމު ކުރާނެކަމަށެވެ.

ގެނބިގެން ކަރެކްޝަންސްގެ މުވައްޒަފަކު މަރުވެފައިވާއިރު، މީގެ ފަސްވަރަކަށް މަސްކުރިން ވެސް ކަރެކްޝަންސްގެ މުވައްޒަފަކު ޑިއުޓީގައި ހުއްޓާވަނީ ކުއްލިގޮތަކަށް މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު