ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރާކަމަށް ތުހުމަތުކުރާ ގދ.ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ބަންދުގައި ބެއްޓުމަށް ހައިކޯޓުން ނެރުނު އަމުރަކީ ޤާނޫނާއި އެއްގޮތަށް ނެރުނު އަމުރެއް ނޫންކަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމާފައިވަނީ އަރުޝަދު ހައްޔަރުކޮށްގެން ހައިކޯޓުން ނެރުނު އަމުރާއި ގުޅިގެން އޭނާގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގައެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވާފައިވަނީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. މައްސަލާގައި އިސް ފަނޑިޔާރަކީ ފަނޑިޔާރު މަހާޒު ޒާހިރެވެ. ބެންޗުގައި ދެން އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަޑާލް ވަނީ ތާއީދު ކުރައްވާފައެވެ.
ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި ބުނީ ޖިނާއީ އިޖުރާތު ޤާނޫނާއި، ޝަރީއަތް ކުރުމުގެ ގަވާއިދުގެ ދަށުން ކަންކަން ހަމަޖެހިފައިވާ އިޖުރާއަތުގެ ބޭރުން މިމައްސަލާގައި އަމަލުކޮށްފައިވާކަން އެނގެން ހުރިކަމަށެވެ. އެގޮތުން އަރުޝަރު ބަންދު ކުރުމަށް ހައިކޯޓުން ނެރުނު އަމުރުގައި ހާޒިރުވާންޖެހޭ ގަޑި ބަޔާންކޮށްފައި ނެތުން ހިމެނެއެވެ. މީގެއިތުރުން ކޯޓުން ނިންމާ ނިންމުންތަކަކީ މައްސަލަ ބަލާ ފަނޑިޔާރުންގެ އޮނަހިރި އަދަދަކުން ނިންމާ ނިންމުމަކަށްވާންޖެހޭ އިރު މިމައްސަލާގައި ނެރެފައިވާ އަމުރުގައި ސޮއިކުރައްވާފައިވަނީ އެންމެ ފަނޑިޔާރެއްކަންވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކުރިއެެވެ.
ސްޕްރީމް ކޯޓުގެ ހުކުމްގައި ވަނީ މިމައްސަލާގައި އަރުޝަދު ބަންދު ކުރުމަށް ނެރެފައިވާ އަމުރަކީ ޖިނާއީ އިޖުރާތު ޤާނޫނާއި ޚިލާފަށް ނެރުނު އަމުރެއްކަމަށް ނިންމާފައެވެ.
އަރުޝަދު ހައްޔަރުކޮށްފައިވަނީ ސްރީ ލަންކާއިން ދުބާއީއަށް ދިއުމުން، ދުބާއީއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުންނެވެ.
އަރުޝަދު ރާއްޖެ ދޫކޮށް ދިޔައީ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވެ އޭނާ ދޫކޮށްލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު