މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް ފަށައިފިއެވެ.
ބަނޑޮސް މޯލްޑިވްސްގައި މިއަދު ފެށި މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.
މިއަދު ފެށި މިކޮންފަރެންސްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ބައިވެރިވެއެވެ.
ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް ވިދާޅުވީ ދައުލަތަކީ ނަޒާހަތްތެރި ދައުލަތަކަށް ހެދުމުގައި ކުންފުނިތަކުގެ ދައުރު ބޮޑުކަމަށެވެ. އަދި ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި އޭސީސީއަށް ކުންފުނިތަކާއި ގުޅުންހުރި 1465 ޝަކުވާ ހުށަހެޅިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެެވެ.
ޝާމިލް ވިދާޅުވީ މިހާރު އޭސީސީގައި މޮނިޓަރިން އެންޑް އެވިލުއޭޝަން ޑިޕާޓްމަންޓެއް އުފައްދައި މައްސަލަތައް ބެލޭނެ އިންތިޒާމު އޭސީސީގައި ހަމަޖެހިފައިވާނެކަމަށެވެ.
އޭސީސީގެ ރައީސް ވިދާޅުވީ ކުންުފުނިތަކާއި ގުޅޭގޮތުން މައިގަނޑު ގޮތެއްގައި ފާހަގަވަނީ 3 ކަމެއްމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މުވައްޒިފުން ނަގާ ގޮތާއި، މަސައްކަތްތަކާއި ޚިދުމަތްތައް ހޯދުމުގައި އަމަލު ކުރާގޮތާއި، ސީއެސްއާރު މަސައްކަތްތައް ކުރުމުގައި އަމަލުކުރާ ގޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއަދު ފެށި އެންޓި ކޮރަޕްޝަން ކޮންފަރެންސްގެ ތެރެއިން ހިންގުމުގެ ނިޒާމެއްގެ ތެރެއިން އެސް.އޯ.އީތަކުގައި ހުރި ކޮރަޕްޝަންގެ ރިސްކުތައް ނައްތާލުމަށް ކުރެވޭނެ ކަންކަމާއި. މަޢުލޫމާތު ސިއްރުކުރުމުގެ ސަޤާފަތް ދޫކޮށްލާ، ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުންފުނިތަކުގެ ހިންގުން ރޭވުމާއި، ޖަވާބުދާރީ ކުރެވޭނެ މެކޭނިޒަމްތައް ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

President @ibusolih attends the inauguration of the Maldives Anti-Corruption Conference 2022. The conference is held in Bandos Maldives and themed around “Integrity of State-Owned Enterprises.” pic.twitter.com/laia6Fnn5b
— The President's Office (@presidencymv) October 30, 2022
ޝާމިލް ވިދާޅުވީ މިހާރު އޭސީސީގައި މޮނިޓަރިން އެންޑް އެވިލުއޭޝަން ޑިޕާޓްމަންޓެއް އުފައްދައި މައްސަލަތައް ބެލޭނެ އިންތިޒާމު އޭސީސީގައި ހަމަޖެހިފައިވާނެކަމަށެވެ.
އޭސީސީގެ ރައީސް ވިދާޅުވީ ކުންުފުނިތަކާއި ގުޅޭގޮތުން މައިގަނޑު ގޮތެއްގައި ފާހަގަވަނީ 3 ކަމެއްމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މުވައްޒިފުން ނަގާ ގޮތާއި، މަސައްކަތްތަކާއި ޚިދުމަތްތައް ހޯދުމުގައި އަމަލު ކުރާގޮތާއި، ސީއެސްއާރު މަސައްކަތްތައް ކުރުމުގައި އަމަލުކުރާ ގޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއަދު ފެށި އެންޓި ކޮރަޕްޝަން ކޮންފަރެންސްގެ ތެރެއިން ހިންގުމުގެ ނިޒާމެއްގެ ތެރެއިން އެސް.އޯ.އީތަކުގައި ހުރި ކޮރަޕްޝަންގެ ރިސްކުތައް ނައްތާލުމަށް ކުރެވޭނެ ކަންކަމާއި. މަޢުލޫމާތު ސިއްރުކުރުމުގެ ސަޤާފަތް ދޫކޮށްލާ، ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުންފުނިތަކުގެ ހިންގުން ރޭވުމާއި، ޖަވާބުދާރީ ކުރެވޭނެ މެކޭނިޒަމްތައް ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު