އިންވެސްޓަރުން އެންމެ ބޮޑަށް އިންވެސްޓްކުރަން ބޭނުންވާ ގައުމަށް ދިވެހިރާއްޖެ ވެއްޖެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ މިއަދު ފެށި އެކައުންޓެންޓުންގެ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ އިންވެސްޓަރުން އެންމެ ބޮޑަށް އިންވެސްޓްކުރަން ބޭނުންވާ ގައުމަށް ދިވެހިރާއްޖެ ވެއްޖެކަމަށެވެ. މުޅި ދުނިޔޭގައިވެސް މިހާރު އިންވެސްޓްމަންޓަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ރާއްޖެ އައިސް އިންވެސްޓްކުރުމަށް ބާރުއަޅަންޖެހޭ ކަމަށެވެ.

 



"ފަތުރުވެރިކަމުގެ ސިނާއަތުގެ ޤާނޫނުތަކާއި ޤަވައިދުތައް އިންވެސްޓަރުންނަށް ފަހިވާނެގޮތަށް ބައްޓަންކޮށްދިނުމަށް މަޖިލީހުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މައުސޫމް އިތުރަށް ވިދާޅުވީ ވިސްނަންވީ ގައުމަށް ފައިދާ ކުރާނެ ފަދަ ގޮތަކަށް ކަމަށެވެ. އެހެންނަމަވެސް ބައެއް ފަހަރު އެއީ އެންމެ މަގްބޫލު ގޮތް ކަމަށް ނުވެދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު