އޮޓޮޕްސީ ހަދަން ނިންމުމުގެ ބާރު ގާނޫނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ލިބިދީފައި ނޯންނަކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފައިރޫޝް މިފަދައިން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ގދ. ހޯނޑެއްދޫން ހައްޔަރުކޮށްފައި ވަނިކޮށް ނިޔާވި އެ ރަށު ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި އޮޓޮޕްސީއެއް ހެދުމަށް އޭނާގެ އާއިލާއިން ދެކޮޅު ހަދަމުން ދަނިކޮށް، އެކަން ކުރަން ނިންމާފައިވާކަން އެންއައިސީން ހާމަކޮށްފައިވަނިކޮށެވެ.
މި މައްސަލާގައި އާއިލާއިން ބުނަމުންދަނީ، އޭނާގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ގަބޫލު ކުރާކަމަށާއި، އެކަން ވަރަށް ސާފުކޮށް އެނގެން އޮއްވާ ހަށިގަނޑު ކޮށައިގެން އަލުން އޮޓޮޕްސީއެއް ހަދަން ބޭނުން ނުވާކަމަށެވެ. އަދި އެކަންނުކޮށް ހަށިގަނޑު އާއިލާއާއި ހަވާލުކުރުމަށް ގޮވާލުމަށްފަހު އާއިލާއިން މިހާރުވަނީ ކޯޓަށް ވެސް މައްސަލަ ވައްދާފައެވެ.
މި މައްސަލާގައި ފައިރޫޝް ވިދާޅުވީ، ޖިނާއީ އަދުލުގެ ގާނޫނަށް ގެނައި އިސްލާހާއިއެކު އޮޓޮޕްސީ ހަދަން ނިންމުމުގެ ބާރު ދީފައިވަނީ ފުލުހުންނަށް ކަމަށާއި އެ ހުއްދަ އެންއައިސީއަށް ލިބިދީފައި ނޯންނަކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި އޮންނަގޮތަށް ފުލުހުން އެކަން ކުރުމުގެ ކުރިން ވެސް ކޯޓު އަމުރެއް ހޯދުމަކީ ލާޒިމު ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލާގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރުވެސް ވަނީ، އާއިލާއާއި ދެކޮޅަށް އޮޓޮޕްސީ ހެދުމުގެ ހުއްދަ އެންއައިސީއަށް ލިބިގެން ނުވާކަމަށް ވިދާޅުވެފައެވެ.

There’s substantial ambiguity over @NIC_Maldives’ decision to conduct an autopsy (post-mortem examination) on AR. I believe that NIC lacks the authority to conduct autopsy, as the Third Amendment to Criminal Procedure Act enacted on 22 Sep 2020 grants this authority to the
— Fairoosh, PhD (@Fairoosh) October 29, 2022
— 1/3
މި މައްސަލާގައި ފައިރޫޝް ވިދާޅުވީ، ޖިނާއީ އަދުލުގެ ގާނޫނަށް ގެނައި އިސްލާހާއިއެކު އޮޓޮޕްސީ ހަދަން ނިންމުމުގެ ބާރު ދީފައިވަނީ ފުލުހުންނަށް ކަމަށާއި އެ ހުއްދަ އެންއައިސީއަށް ލިބިދީފައި ނޯންނަކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި އޮންނަގޮތަށް ފުލުހުން އެކަން ކުރުމުގެ ކުރިން ވެސް ކޯޓު އަމުރެއް ހޯދުމަކީ ލާޒިމު ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލާގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރުވެސް ވަނީ، އާއިލާއާއި ދެކޮޅަށް އޮޓޮޕްސީ ހެދުމުގެ ހުއްދަ އެންއައިސީއަށް ލިބިގެން ނުވާކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު