ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އަންނަ ހޯމަ ދުވަހު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމާމެދު ގޮތެއް ނިންމަން ސިވިލް ކޯޓުން މިއަދު ނިއްމައިފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު މަރުވީ އޭނާގެ މެޔަށް ތަދެއް އަރައިގެންނެވެ. ރަޝީދަށް ފަރުވާ ދިނުން ލަސްވެ އޭނާ މަރުވުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އާއިލާ އިން ވަނީ ތުހުމަތުކޮށްފައެވެ. އެކަމާ ގުޅިގެން އޭނާގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފުލުހުން ނިންމުމުން އާއިލާއިން ވަނީ އެކަމާ ދެކޮޅު ހަދައި މައްޔިތާ އާއިލާއާއި ހަވާލު ކުރުމަށް އެދިފައެވެ.
އެހެން ނަމަވެސް ރަޝީދު އާއިލާއާއި ހަވާލުނުކުރުމުން އެ އާއިލާއިން ވަނީ މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައެވެ. އެމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ފުލުހުން ބުނީ އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގަށް ޕޯސްޓުމޯޓަމް ހެދުމަށް ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބިގެންވާ ބާރުންކަމަށެވެ. އެކަމުގައި އާއިލާގެ އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އަބްދުﷲ ގެ މަރުގެ މައްސަލައިގައި ނެޝަނަލް އިންޓެގްރިޓީއާއި ގުޅިގެން ކުރިޔަށް ގެންދަނީ، ޖޮއިންޓު ތަހުގީގެއް ކަމަށެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައި ވަނީ އެކަމުގެ އިޖުރާއަތުތައް ފުރިހަމަވުމާއި ފުލުހުންގެ މައްޗަށް މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީކަމަށް ފުލުހުން ބުނެފައިވެއެވެ.
ރަޝީދުގެ މަރުގެ ތަހުގީގުގައި އިންސާފަށް ވާސިލުވުމަށާއި، އާއްމުންގެ އިތުބާރު ގާއިމު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމި ނިންމުމާއި އެއްގޮތަށް ކުރިޔަށް ގެންދިއުން މުހިންމުކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނީ މި މަހުގެ 31 ގައި ރަޝީދު ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ފުލުހުން ބުނީ ޕޯސްޓުމޯޓަމަށް ހަށިގަނޑު އިންޑިއާއަށް ފޮނުވުމަށް އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭތީ ވީހާވެސް އަވަހަށް ގޮތެއް ކަނޑައަޅައިދޭން އެދޭ ކަމަށެވެ. އޭގެ ފަހުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ހޯމަ ދުވަހުގެ ކުރިން ގޮތެއް ނިންމަވައިދޭން އެދޭކަމަށެވެ. އެއީ މިވަގުތު ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން އަބްދުﷲ ގެ ހަށިގަނޑު މި މަހުގެ 31 ގައި ރާއްޖެއިން ބޭރަށް ފޮނުވާތީކަމަށް ޕީޖީ އޮފީހުން ބުންޏެވެެ.
އަދި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތާއި، ފުލުހުން އަދި ޕްރޮސެކިއުޓާރ ޖެނެރަލްގެ ވަކީލުންގެ ވާހަކައަށް ފަހު މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ވީހާވެސް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
ސިވިލް ކޯޓުގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި އާއިލާގެ ފަރާތުން ވަނީ އަބުދު ﷲ ރަޝީދުގެ ޕޯސްޓުމޯޓަމް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުވައިދީ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްދިނުމަށް އެދިފައެވެ. އަދި މިހާތަނަށް ވެސް ރަސްމީކޮށް އެއްވެސް ލިޔެކިއުމެއް ބޭނުންކޮށްގެން އާއިލާއާއި އެއްވެސް މުއާމަލާތެއް ނުކުރާކަމަށް އާއިލާއިން ހުށައެޅި މައްސަލައިގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު