އަހުމަދު މަސްނޫމް   29 އޮކްޓޯބަރު 2022 - 11:25
ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ޚާއްޞަ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ފަށައިފިއެވެ.

"އޮޕަރޭޝަން ހޭހަން"ގެ ނަމުގައި ކުރިއަށްގެންދާ މި އޮޕަރޭޝަން 3 ހަފްތާގެ މުއްދަތަށް ކުރިއަށްދާނެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ މިއީ ޖަލުގައި ތިބި ޤައިދީންނާއި، ބަލި މީހުންގެ ތެރެއިން ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް، ޖަލުގައި ތިބޭ ޑޮކްޓަރުން ލަފާދީފައިވާ ޤައިދީންގެ އަދަދު އިތުރުވަމުންދާތީ އެކަން ހައްލު ކުރުމަށް ކުރިއަށް ގެންދެވޭ ޚާއްސަ އޮޕަރޭޝަނެއްކަމަށެވެ.



މި އޮޕަރޭޝަންގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދާއި، ކަރެކްޝަންގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ. އެގޮތުން 70 އަށްވުރެ ގިނަ އޮފިސަރުން ދަނީ މިކަމުގައި ހަރަކާތްތެރިވަމުންނެވެ.

މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ނިޒާމީ ބަދަލުތަކެއް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަނެވި، ކަރެކްޝަނާއި އަލަށް ގުޅޭ އޮފިސަރުންނާއިއެކު މިކަމަށް ޚާއްސަ ސަމާލުކަމެއް ދެވޭނެ ގޮތަށް ނިޒާމު އިތުރަށް ޚަރަދުދަނާ ކުރެވިގެންދާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު