މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ 27 އޮކްޓޫބަރުގެ ނިޔަލަށް ރާއްޖެއަށް 1321937 ފަތުރުވެރިންނަށް އިތުރަށް ޒިޔާރަތްކޮށްފައިވާކަމަށެވެ.

1321937 އަކީ މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދެވެ.

ރާއްޖެއިން މިއަހަރު އަމާޒު ކަނޑައަޅާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތަކުން ބުނާގޮތުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދަށް ބަލާއިރު 1.6 މިލިއަން ފަތުރުވެރިން އަމާޒަށް ވާސިލްވެވޭނެ ކަމަށެވެ.



ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 33.6 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 978970 ފަތުރުވެރިންނެވެ. ނަމަވެސް މިއީ ކޯވިޑްގެ ކުރިން 2019 ވަނަ އަހަރާއި އަޅާބަލާއިރު 3.9 އިންސައްތަ ދަށް އަދަދެކެވެ. އަދި މަހުންމަހަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު އަޅާބަލާއިރު އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކީ އިންޑިއާއެވެ. ދެވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރީ ރަޝިއާ ފަތުރުވެރިންނެވެ. އަދި 3 ވަނަ މާކެޓެއްގެ ގޮތުގައި އޮތީ އިނގިރޭސިވިލާތެވެ.

ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4879 ފަތުރުވެރިން އާދެއެވެ.



ކިޔުންތެރިންގެ ހިޔާލު