ޑިޕްރެސް ވެފައިވާ ނުވަތަ ދެރަވެ، މާޔޫސްވެފައިވާ މީހާއަށް އިމާންތެރިކަމެއް ނެތޭ ބުނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް މަޝްހޫރު އިލްމުވެރިޔާ މުފްތީ މެންކް ރޭ ވިދާޅުވެއްޖެ އެވެ.
"ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް،" މިމަަޟޫގެ މައްޗަށް މާލޭ ކާނިވާ ސަރަހައްދުގައި ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުން މަޝްހޫރު އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވީ މާޔޫސްވުމާއި ޑިޕްރެޝަނަކީ އަގީދާ ބަލިކަށިވެގެން ދިމާވާ ކަމެއް ނޫން ކަމަށެވެ. މެންކް ވިދާޅުވީ މާޔޫސްކަމުން ލިބޭ ގެއްލުން، އިމާންކަމުން ކުޑަ ކުރެވޭ ކަމަށާއި ތަސައްލީ ވެސް ހޯދޭ ކަމަށެވެ.
މެންކް ވިދާޅުވީ މާތް ﷲ ކެތްތެރިކަން އެކި މީހުންގެ ކިބައިގައި ލައްވާފައިވަނީ އެކި މިންވަރަށްކަމަށެވެ. އަދި އެކި މީހުން ތަޙައްމަލްކުރާނީ އެކި ކަންކަންކަން ކަމަށާއި މިއިން ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ ޙިކުމަތެއްވާކަން މުފްތީ މެންކް ފާހަގަކުރެއްވިއެވެ. އެފަދަ ކޮންމެކަމަކަށް ހެޔޮ ދަރުމައާއި ސަވާބު ލިބިގެންދާނެކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ.
މުފްތީ މެންކް ވަނީ މި ދަރުސްގައި، ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކުން މިސާލު ނަންގަވައި ހާސްވުމާއި ކަންބޮޑުވުމަށް ކުރެވޭނެކަންކަމަށް ބައްލަވާލައްވާފައެވެ.
މެންކް ވިދާޅުވީ މާޔޫސް ކަމަށް ޑޮކްޓަރީ ބޭސް ވެސް ކުރަންޖެހޭނެ ކަމަށާއި ދަރިންގެ ނަފުސާނީ ދުޅަހެޔޮކަމަށް މައިންބަފައިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމަށެވެ. އަދި ބައެއް ފަހަރު ކުދިން އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅެނީ މައިންބަފައިންގެ ފަރާތުން އެންމެ އެކަށީގެންވާ އަޅާލުން ނުލިބިގެން ކަން މުފްތީ މެންކް ފާހަގަކުރެއްވިއެވެ.
މެންކް ވަނީ އާންމުކޮށް ދަރިންގެ ކަންކަމުގައި ފިކުރުބޮޑުވެ، މާޔޫސްވާ ދަނޑިވަޅުތަކުގައި ބެލެނިވެރިން ދަރިން ދައްކާވާހަކަ ކެތްތެރިކަމާއިއެކު ކަނުލައި އަޑުއެހުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. ހަމަ އެހެންމެ ދަރިންގެ ކަންކަމުގައި ގޮތްހުސްވާ ހިސާބަށް ދިއުމުން، އެހީތެރިކަން ލިބިގަތުމަށާއި އެވާހަކަތައް ގާތް މީހަކާއި ހިއްސާކޮށް އެކަމަށް ރަނގަޅު ނިންމުންތައް ނިންމުމަށް މެންކް ވަނީ އެދިވަޑައިގެންފައެވެ. އަދި މިފަދައިން ދިރިއުޅުމުގެ ކަންކަމުގައިވެސް ލަފައާއި މަޝްވަރާހޯދުމަށް މެންކް އެދިވަޑައިގެންނެވިއެވެ.
މުފްތީ މެންކް ވިދާޅުވީ ހިތްވަރުދިނުމަށް ހިތްހެޔޮކަމާއެކު ބުނެލާ އެންމެ ޖުމުލައަކީ ނުވަތަ އެންމެ ބަހަކީ އެތައް ހާސް ފައިސާއަކަށްވުރެ އަގުހުރި އެއްޗެއް ކަމަށެވެ.
މެންކް ވިދާޅުވީ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކުންވެސް މާތް ﷲ ގެ ހަޟުރަތުން މަދަދަށް އެދުމަކީ ހާސްވުމާއި، ފިކުރުކުރުމާއި، އަދިވެސް މިނޫން އެތައް ކަމަކުން ދުރުކޮށްދޭނެ ކަމެއް ކަމަށެވެ. އަދި ކޮންމެ ކަމަކާ ކުރިމަތިވިޔަސް ﷲ އާ ކައިރިވުމަށް މުފްތީ ވަނީ ގޮވާލައްވާފައެވެ.
މުފްތީ މެންކް ވިދާޅުވީ މާތް ﷲ ހަނދުމަކޮށް، ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމަކީ ހިތަށް ފިނިކަން ގެނުވާނެ ކަމެއް ކަމަށެވެ. އަދި ޤުރުއާނުގައި ކޮންމެ ކަމެއްގެވެސް ޝިފާ ވާކަމަށް މުފްތީ ވިދާޅުވިއެވެ.
މުފްތީ މެންކް ވިދާޅުވީ މާތްﷲ އިންސާނާ ހައްދަވައި ހަމައެކަނި ދޫކޮށްލެއްވީ ނޫންކަމަށާއި އެ އިންސާނާގެ ކަންކަން އެންމެ ފުރިހަމައަށް ބައްލަވައި، އެ އިންސާނާގެ ކަންތައް ދެކެ ދެނެވޮޑިގެންވަނީ އެކަލާނގެކަމަށެވެ. އަދި އެކަލާނގެއީ އިންސާނާގެ މައިންބަފައިންނަށްވުރެވެސް ބޮޑަށް އެ އިންސާނާދެކެ ލޯބިވާ ރަސްކަލާނގެކަމަށް މެންކް ވިދާޅުވިއެވެ.
މެންކް ވިދާޅުވީ އިންސާނުންނަށް ކުރުމަށް ކަނޑައަޅުއްވާފައިވާ ކަންކަމާއި ނުކުރުމަށް އަންގަވާފައިވާ ކަންކަމަކީ އިންސާނާއަށް އެކަމުގައި ހެވާއި ލާބަ ހިމެނޭކަންކަން ކަމަށެވެ. އަދި ދުޢާކުރުމުގައިވިޔަސް، އެ ދުޢާ ވަގުތުން އިޖާބަ ނުކުރެއްވުމުގެ ހިކުމަތެއްވާ ކަމަށް މެންކް ވިދާޅުވިއެވެ.
މެންކް ވިދާޅުވީ މާޔޫސްކަމާއި، ކަންބޮޑުވުމާއި ހާސްވެ ފިކުރުބޮޑުވުމަކީ އިންސާނަކަށްވާތީ ވާނެކަމެއްކަމަށާއި އެހެންނަމަވެސް އެހުރިހާ ކަމެއް މާތްﷲ ވަނީ ވަކި ގޮތަކަށް ކަނޑައަޅުއްވާފައިކަމަށެވެެ.
މުފްތީ މެންކް ވިދާޅުވީ މާތްﷲ އިންސާނުންނަށް ކޮންމެ ކަމެއްވެސް ލައްވަވާފައިވަނީ އެކަމުގައި ޙިކުމަތްތަކެއް ހުރުމުންކަމަށެވެ. އެގޮތުން އިންސާނާއަށް ކެއުމާއި، ބުއިމާއި، ނިދުން ލައްވާފައިވާއިރު އެކަންކަމަށްވެސް ވަކި ވަގުތުތަކެއް ކަނޑައަޅުއްވާފައިވާކަމަށް މެންކް ވިދާޅުވިއެވެ. ކެއުމާއި ނިދުމުގައި ވަކި ހަމަތަކެއް މާތްﷲ ލައްވާފައިވަނީ އިންސާނާއަށް އެކަމުގައި ލާބައާއި މަންފާ އެކުލެވިފައިވާތީކަމަށް މެންކް ވިދާޅުވިއެވެ.
މިރޭގެ ދަރުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނާއިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކު ވަނީ ދަރުސް އަޑުއެހުމަށް ކާނިވާ ސަރަހައްދަށް ޖަމާވެފައެވެ.
މިއަދު މާލޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވީ ވެސް މެންކެވެ. ރާއްޖޭގައި މެންކް ހަތަރު ދަރުހެއް ދެއްވަން ވަނީ ނިއްމާފައެވެ.

President @ibusolih and First Lady Fazna Ahmed attend the first session in a series of religious lectures delivered by prominent Islamic Scholar Dr Ismail ibn Musa Menk. The first session was held in the Alimas Carnival on the topics of depression, anxiety, and stress. pic.twitter.com/aRMyKuYzJK
— The President's Office (@presidencymv) October 28, 2022
މެންކް ވިދާޅުވީ މާތް ﷲ ކެތްތެރިކަން އެކި މީހުންގެ ކިބައިގައި ލައްވާފައިވަނީ އެކި މިންވަރަށްކަމަށެވެ. އަދި އެކި މީހުން ތަޙައްމަލްކުރާނީ އެކި ކަންކަންކަން ކަމަށާއި މިއިން ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ ޙިކުމަތެއްވާކަން މުފްތީ މެންކް ފާހަގަކުރެއްވިއެވެ. އެފަދަ ކޮންމެކަމަކަށް ހެޔޮ ދަރުމައާއި ސަވާބު ލިބިގެންދާނެކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ.
މުފްތީ މެންކް ވަނީ މި ދަރުސްގައި، ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކުން މިސާލު ނަންގަވައި ހާސްވުމާއި ކަންބޮޑުވުމަށް ކުރެވޭނެކަންކަމަށް ބައްލަވާލައްވާފައެވެ.
މެންކް ވިދާޅުވީ މާޔޫސް ކަމަށް ޑޮކްޓަރީ ބޭސް ވެސް ކުރަންޖެހޭނެ ކަމަށާއި ދަރިންގެ ނަފުސާނީ ދުޅަހެޔޮކަމަށް މައިންބަފައިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމަށެވެ. އަދި ބައެއް ފަހަރު ކުދިން އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅެނީ މައިންބަފައިންގެ ފަރާތުން އެންމެ އެކަށީގެންވާ އަޅާލުން ނުލިބިގެން ކަން މުފްތީ މެންކް ފާހަގަކުރެއްވިއެވެ.
މެންކް ވަނީ އާންމުކޮށް ދަރިންގެ ކަންކަމުގައި ފިކުރުބޮޑުވެ، މާޔޫސްވާ ދަނޑިވަޅުތަކުގައި ބެލެނިވެރިން ދަރިން ދައްކާވާހަކަ ކެތްތެރިކަމާއިއެކު ކަނުލައި އަޑުއެހުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. ހަމަ އެހެންމެ ދަރިންގެ ކަންކަމުގައި ގޮތްހުސްވާ ހިސާބަށް ދިއުމުން، އެހީތެރިކަން ލިބިގަތުމަށާއި އެވާހަކަތައް ގާތް މީހަކާއި ހިއްސާކޮށް އެކަމަށް ރަނގަޅު ނިންމުންތައް ނިންމުމަށް މެންކް ވަނީ އެދިވަޑައިގެންފައެވެ. އަދި މިފަދައިން ދިރިއުޅުމުގެ ކަންކަމުގައިވެސް ލަފައާއި މަޝްވަރާހޯދުމަށް މެންކް އެދިވަޑައިގެންނެވިއެވެ.
މުފްތީ މެންކް ވިދާޅުވީ ހިތްވަރުދިނުމަށް ހިތްހެޔޮކަމާއެކު ބުނެލާ އެންމެ ޖުމުލައަކީ ނުވަތަ އެންމެ ބަހަކީ އެތައް ހާސް ފައިސާއަކަށްވުރެ އަގުހުރި އެއްޗެއް ކަމަށެވެ.
މެންކް ވިދާޅުވީ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކުންވެސް މާތް ﷲ ގެ ހަޟުރަތުން މަދަދަށް އެދުމަކީ ހާސްވުމާއި، ފިކުރުކުރުމާއި، އަދިވެސް މިނޫން އެތައް ކަމަކުން ދުރުކޮށްދޭނެ ކަމެއް ކަމަށެވެ. އަދި ކޮންމެ ކަމަކާ ކުރިމަތިވިޔަސް ﷲ އާ ކައިރިވުމަށް މުފްތީ ވަނީ ގޮވާލައްވާފައެވެ.
މުފްތީ މެންކް ވިދާޅުވީ މާތް ﷲ ހަނދުމަކޮށް، ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމަކީ ހިތަށް ފިނިކަން ގެނުވާނެ ކަމެއް ކަމަށެވެ. އަދި ޤުރުއާނުގައި ކޮންމެ ކަމެއްގެވެސް ޝިފާ ވާކަމަށް މުފްތީ ވިދާޅުވިއެވެ.
މުފްތީ މެންކް ވިދާޅުވީ މާތްﷲ އިންސާނާ ހައްދަވައި ހަމައެކަނި ދޫކޮށްލެއްވީ ނޫންކަމަށާއި އެ އިންސާނާގެ ކަންކަން އެންމެ ފުރިހަމައަށް ބައްލަވައި، އެ އިންސާނާގެ ކަންތައް ދެކެ ދެނެވޮޑިގެންވަނީ އެކަލާނގެކަމަށެވެ. އަދި އެކަލާނގެއީ އިންސާނާގެ މައިންބަފައިންނަށްވުރެވެސް ބޮޑަށް އެ އިންސާނާދެކެ ލޯބިވާ ރަސްކަލާނގެކަމަށް މެންކް ވިދާޅުވިއެވެ.
މެންކް ވިދާޅުވީ އިންސާނުންނަށް ކުރުމަށް ކަނޑައަޅުއްވާފައިވާ ކަންކަމާއި ނުކުރުމަށް އަންގަވާފައިވާ ކަންކަމަކީ އިންސާނާއަށް އެކަމުގައި ހެވާއި ލާބަ ހިމެނޭކަންކަން ކަމަށެވެ. އަދި ދުޢާކުރުމުގައިވިޔަސް، އެ ދުޢާ ވަގުތުން އިޖާބަ ނުކުރެއްވުމުގެ ހިކުމަތެއްވާ ކަމަށް މެންކް ވިދާޅުވިއެވެ.
މެންކް ވިދާޅުވީ މާޔޫސްކަމާއި، ކަންބޮޑުވުމާއި ހާސްވެ ފިކުރުބޮޑުވުމަކީ އިންސާނަކަށްވާތީ ވާނެކަމެއްކަމަށާއި އެހެންނަމަވެސް އެހުރިހާ ކަމެއް މާތްﷲ ވަނީ ވަކި ގޮތަކަށް ކަނޑައަޅުއްވާފައިކަމަށެވެެ.
މުފްތީ މެންކް ވިދާޅުވީ މާތްﷲ އިންސާނުންނަށް ކޮންމެ ކަމެއްވެސް ލައްވަވާފައިވަނީ އެކަމުގައި ޙިކުމަތްތަކެއް ހުރުމުންކަމަށެވެ. އެގޮތުން އިންސާނާއަށް ކެއުމާއި، ބުއިމާއި، ނިދުން ލައްވާފައިވާއިރު އެކަންކަމަށްވެސް ވަކި ވަގުތުތަކެއް ކަނޑައަޅުއްވާފައިވާކަމަށް މެންކް ވިދާޅުވިއެވެ. ކެއުމާއި ނިދުމުގައި ވަކި ހަމަތަކެއް މާތްﷲ ލައްވާފައިވަނީ އިންސާނާއަށް އެކަމުގައި ލާބައާއި މަންފާ އެކުލެވިފައިވާތީކަމަށް މެންކް ވިދާޅުވިއެވެ.
މިރޭގެ ދަރުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނާއިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކު ވަނީ ދަރުސް އަޑުއެހުމަށް ކާނިވާ ސަރަހައްދަށް ޖަމާވެފައެވެ.
މިއަދު މާލޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވީ ވެސް މެންކެވެ. ރާއްޖޭގައި މެންކް ހަތަރު ދަރުހެއް ދެއްވަން ވަނީ ނިއްމާފައެވެ.
ކިޔުންތެރިންގެ ހިޔާލު