ހޯޑެއްދޫ ވަލުތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގދ. ހޯޑެއްދޫ ވަލުތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާކަމަށެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންކަމަށާއި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންކަމަށްވެސް ބުނެއެވެ.
ހޯޑެއްދޫއިން މަސްތުވާތަކެތި ހޯދިކަމަށް ފުލުހުން ބުނާއިރު، ފުލުހުން ފުަރަތަމަ ބުނީ މަސްތުވާތަކެތި ހޯދީ ގދ.އަތޮޅުގެ ފަޅުރަށަކުންކަމަށެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ މަސްތުވާތަކެތި ހޯދީ ހޯޑެއްދޫއިންކަމަށެވެ. ނަމަވެސް ހޯދި މަސްތުވާތަކެތީގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި ހޯޑެއްދޫއިން ފުލުހުންނަށް މަސްތުވާތަކެތި ފެނުނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި މީހާ ނިޔާވި ފަހުންނެވެ.
ފުލުހުން ހޯޑެއްދޫގައި ހިންގަމުންދާ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހާ ނިޔާވީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު