ޖީއެސްޓީއާއި ޓީޖީއެސްޓީއަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ ބަދަލަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޓީމުން ތާއިދުކޮށްފިއެވެ.
ޓީމުން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ދައުލަތުގެ އާމްދަނީ އިތުރުކޮށް އިޤްތިސާދީ ހާލަތު ރަނގަޅުކޮށް މުވައްޒަފުންގެ މުސާރަ އިތުރުކޮށް އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށް މުހިންމު އިސްލާހެއްކަމަށެވެ. އަދި ޓޫރިސްޓުން އަތުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިތުރުކުރުމާއި، ވިޔަފާރި ފާއިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އަދި ހަމައެހެންމެ އާމްދަނީ އިންނެގޭ ޓެކްސް (އިންކަމް ޓެކްސް) ޕްރޮގްރެސިވްކޮށް އިތުރު ކުރުމަކީ މުޅި ގައުމުގެ އިޤްތިސާދަށް މުހިންމު ކަމެއް ކަމަށާއި، އަދި އެއީ ފަގީރުންނާއި މުއްސަދިންގެ ފަރަގު ކުޑަވެގެންދާނެ ކަމެއްކަމަށްވެސް ޓީމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޓީމުން ބުނީ ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހި ނުދައްކާވާ ޓެކްސް ފައިސާ އާއި ބިމު ކުލީގެ ފައިސާތައްވެސް ދައުލަތަށް ހޯދުމަކީވެސް މުހިންމުކަމެއްކަމަށެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް އަދި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑުކުރުމަށެވެ.
އިޤްތިސާދު އިތުރަށް ކުރިއަރުވައި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މި ބަދަލު ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.

ދައުލަތުގެ އާމްދަނީ އިތުރުކޮށް އާންމު ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް ވިޔަފާރިތަކުން ޓެކުސް ނެގުން އިތުރުކުރުން މުހިންމު ކަމަށް މިޖަމުއްޔާއިން ދެކި ނެރޭބަޔާން! @MohamedNasheed @ibusolih @faya_i @iameeru @Ahmed_hamdhan @LabourPartyMV pic.twitter.com/iXQXMcKknc
— TEAM (@TEAMmaldives) October 27, 2022
ޓީމުން ބުނީ ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހި ނުދައްކާވާ ޓެކްސް ފައިސާ އާއި ބިމު ކުލީގެ ފައިސާތައްވެސް ދައުލަތަށް ހޯދުމަކީވެސް މުހިންމުކަމެއްކަމަށެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް އަދި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑުކުރުމަށެވެ.
އިޤްތިސާދު އިތުރަށް ކުރިއަރުވައި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މި ބަދަލު ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު