މި ގައުމު ބިނާ ކުރަންޖެހޭނީ ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަކޮށްގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބައެއް ޓެކްސްތައް ބޮޑުކުރުމަށް ކުރާ މަސައްކަތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ސައުދު މިއަދު ވިދާޅުވީ، ޓީޖީއެސްޓީއަކީ ބޭރުން އަންނަ ފަރާތްތަކުން ނަގާ ޓެކުހެއް ކަމަށާއި އެ ޓެކްސް ބޮޑުކޮށްގެން ރިސޯޓް އޯނަރުންނަށް ނުވަތަ އިންޑަސްޓްރީއަށް ވެސް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ.
ސައުދުﷲ ވިދާލުވީ، ޓީޖީއެސްޓީ ބޮޑުކޮށްގެން ގެއްލުންވާނެ ރިސޯޓު އޯނަރަކު ނުހުންނާނެ ކަމަށާއި ގައުމު ބިނާކުރަންވާނީ ފަގީރުންނާއި ނިކަމެތީންގެ ފަރަގު ކުޑަކޮށްގެން ކަމަށެވެ.
ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރަމުންދަނީ މުޅި މަޖިލިސް ކޮމެޓީގައެވެ. އެ ބަހުސްތައް އިއްޔެވެސް ކުރިއަށް ގެންދިޔައިރު މަޖިލިސް އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.
އިދިކޮޅު ޕީޕީއެމްގެ މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުންވެސް ބުނަމުންދަނީ މިހާލަތުގައި ޓެކްސް ނަގައިގެން ރައްޔިތުންނަށާއި ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތައް ވާނެކަމަށެވެ. ނަމަވެސް ސަރުކާރުގެ އެނިންމުމަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވަނީ ޓެކްސް ބޮޑުކުރަން ދެކޮޅުހަދަނީ ރައީސް ޞާލިހަށް އިތުރު ދައުރެއް ދޭން ބޭނުންނުވާ އަދި ރައީސްގެ ތަރައްގީއާއި ދެކޮޅު ފަރާތްތަކުން ކަމަށެވެ.

TGST akee beyrun ahna fathuruvereen athun nagaa ehcheh.Resort owner ah nuvatha e industry ah ehves gehlumeh vaane ehcheh noon.Faqeerunai,Nikametheen ge faragu kuda kohgen Qaumu binaa kuran jeheynee.TGST bodu kohegen gehlun vaane resort owner nuhuhnaane.@KhabaruOnline @rasonlinemv
— Saudulla Ahmed (@saudullaahmed1) October 27, 2022
ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރަމުންދަނީ މުޅި މަޖިލިސް ކޮމެޓީގައެވެ. އެ ބަހުސްތައް އިއްޔެވެސް ކުރިއަށް ގެންދިޔައިރު މަޖިލިސް އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.
އިދިކޮޅު ޕީޕީއެމްގެ މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުންވެސް ބުނަމުންދަނީ މިހާލަތުގައި ޓެކްސް ނަގައިގެން ރައްޔިތުންނަށާއި ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތައް ވާނެކަމަށެވެ. ނަމަވެސް ސަރުކާރުގެ އެނިންމުމަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވަނީ ޓެކްސް ބޮޑުކުރަން ދެކޮޅުހަދަނީ ރައީސް ޞާލިހަށް އިތުރު ދައުރެއް ދޭން ބޭނުންނުވާ އަދި ރައީސްގެ ތަރައްގީއާއި ދެކޮޅު ފަރާތްތަކުން ކަމަށެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު