މާޒީއަށް ބަލާއިރު މިހާތަނަށް ހަރަދު ކުޑަކުރަން ކުރާ ކަންކަމުން ހަރަދު ވަނީ އިތުރަށް ބޮޑު ކަމަށް ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އާމްދަނީ ރަނގަޅު ކުރުމަށް ބައެއް ޓެކްސްތައް ބޮޑުކުރަން ކުރާ މަސައްކަތާއި ގުޅުވައި އިގްތިޞާދީ ތަނުރިބާކާރު، ނަސީމް މިއަދު ވިދާޅުވީ، މިހާތަނަށް ހަރަދު ކުޑަކުރަން ކުރާ ކަންކަމުން ވަނީ ހަރަދު ބޮޑުކަމަށެވެ. އަދި އެއީ ރީތިވާން "އޮރިޔާން" ހެދުމެއް ލުންފަދަ ކަމެއް ކަމަށާއި އެހެންވެ ހަރަދު ކުޑަ ކުރުމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ ކަމަށް ވެސް ނަސީމް ވަނީ ވިދާޅުވެފައެވެ.



ނަސީމްގެ ވާހަކައިގައި އަލިއަޅުވާލައްވާފައި އެވަނީ، އިގުތިސާދީ މި ދަތި ހާލަތުގައި ވެސް ދައުލަތުގެ ހަރަދުތައް ކުޑަ ނުވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކަ ކަމަށް ބެލެވެއެވެ.

އެގޮތުން، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ބަހުސްތަކުގައި އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، ޓެކްސް ބޮޑުކުރަން ވާނީ ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ކުޑަކޮށްފައި އިތުރު ގޮތެއް ނެތިގެން ކަމަށެވެ. އަދި ރައްޔިތުންގެ އަތުން ޓެކްސް ނަގާވާހަކަ ދައްކާއިރު ސަރުކާރުގެ ހަރަދު ކުޑަނުވާކަމަށް ވެސް ބިލާއި ދެކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު