ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ދިވެހި ދެ ކެންޑިޑޭޓުންގެ މެދުގައި އޮތް އިންތިހާބެއް ނޫންކަމަށް ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މިއަދު ނ. މަނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާއިން ރާއްޖެ އަޅުވެތި ކޮށްފައިވާކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅުތައް ތަކުރާރު ކުރެއްވިއެވެ.
އަދި ވިދާޅުވީ، މި އަންނަ އިންތިހާބަކީ ދިވެހި ދެ ކެންޑިޑޭޓުންގެ މެދުގައި އޮތް އިންތިހާބެއް ނޫން ކަމަށާއި އެއްކޮޅުގައި ހުރީ ރައްޔިތުންގެ ކެންޑިޑޭޓެއް ކަމަށާއި އަނެއް ކޮޅުގައި އޮތީ ބިޔަބޮޑު އިންޑިއާ ކަމަށެވެ.
ޔާމީން ވިދާޅުވީ، މިހާރު ވެސް ރާއްޖޭގެ ވެރިކަން ކުރައްވަނީ އިންޑިއާގެ ޗީފް މިނިސްޓަރެއްކަމަށް މިހާރުވެސް އަޑުތައް އިވެމުންދާކަމަށެވެ. އަދި އެހާވެސް އިންޑިއާގެ ނުފޫޒު ގަދަކަމަށާއި، 2018 ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިވި ދަތިތަކަށްވުރެ މި އިންތިހާބުގައި ގޮންޖެހުންތައް ގިނަވާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާއާއި ގުޅުވައި ގިނަ ވާހަކަފުޅުތަކެއް ދެއްކެވިނަމަވެސް، ޔާމީނަށް މިހާތަނަށް އެކަމުގެ އެއްވެސް ހެއްކެއް ދައްކަވާފައެއް ނުވެއެވެ. އަދި ޔާމީންގެ ތުހުމަތުތައް ސަރުކާރުން ދަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު