ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގި ހުރާވީ ބިލްޑިންގ ހުރި ބިިމުގައި ސައިކަލު ޕާކް ކުރުމަށް ބޮޑު ޕާކިން ޒޯންއެއް ހަދައިފިއެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުރަވީ ބިލްޑިން ހުރި ބިމުގައި 226 ސައިކަލް ޕާކްކުރެވޭނެ ޒޯނެއް ހަދާފައިވާކަމަށެވެ. އަދި އެތަނުގައި ޕާކިން ޒޯން ކުރެހުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.



ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދިޔަ ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އަދި މިހާރު އެތަން ހުސްކޮށްފައިވާއިރު އެތަނުގައި ޕާކްހެދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެ ޕާކް ހުޅުވުމަށް މަސައްކަތް ކުރާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު