ލޯކަލް މާރުކޭޓް ހުރިތަނުގައި އެންމެ ފަހުގެ ޒަމާނީ ފެންވަރުގެ މަސް މާރުކޭޓެެއް އިމާރަތްކުރަންޖެހޭ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މާލޭގެ މަސްމާރުކޭޓަށް އިއްޔެ ކުރެއްވި ޒިޔާރަތަށްފަހު ރަސްއޮންލައިން އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ވިދާޅުވީ، މަސްމާރުކޭޓް ސަރަހައްދަކީ މާލޭގެ މޫނުމަތި ކަަމަށާއި، ތަރައްގީވެ ކުރިއަރަމުންދާ ގައުމެއްގެ ވެރިކަން ކުރާ ބޮޑު ސިޓީއެއްގައި ހުރި މަސް މާރުކޭޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަންޖެހޭ ކަމަށެވެ.
އެގޮތުން މާލޭގެ ލޯކަލް މާރުކޭޓް މިހާރު ހުރި ތަނުގައި އެންމެ ޒަމާނީ ފެންވަރުގެ މަސް މާރުކޭޓެެއް އިމާރަތް ކުރަންޖެހޭ ކަމަށާއި އެކަން ކުރުމަށް މާލޭ ސިޓީ ކައުންސިލަށް ހުށައަޅުއްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކުގައި މަސްކަނޑާ ރަނގަޅު ފެންވަރުގެ ތަންތަން ހުންނަކަމަށެވެ. އަދި ރިސޯޓްތަކުގައި މަސް އެއްތަނުން އަނެއް ތަނަށް އުފުލުމުގައި ރައްކާތެރި ރަނގަޅު ނިޒާމްތައް ގާއިމް ކޮށްފަައިވާއިރު މާލޭގެ މަސްމާރުކޭޓްގައި މަސްކޮޅު ގެންދެވޭނެ އެފަދަ ރައްކާތެރި ފަސޭހަ ނިޒާމެއް ގާއިމް ކުރެވެންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
"ދިވެހިން ކާ މަސްކޮޅު މަގުމަތިން ދަމާފައި ގެންދަންޖެހޭ ގޮތަކަށް އޮވެގެން ނުވާނެ،" ޔޮޓް ޓްއާސްގެ ޗެއާމަން ޖާބިރު ވިދާޅުވިއެެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ މަސްމާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓްތަކަކީ އޭސީ ކޮށްފައި ހުންނަ ކާބޯތަކެތި ރައްކާތެރިކަމާއެކު ގެންގުޅެެވޭފަދަ ތަންތަނަށް ވާންޖެހޭ ކަަމަށެވެ. އަދި މަސް މާރުކޭޓްތަކުގައި މަސްވެރިންނަށް ފެންވެރޭނެ ގޮތާއި ފެންވަރަައިގެން ގޮސް ވަދެލެވޭނެ ރަނގަޅު ފެންވަރުގެ ކެފޭތައް ހުންނަންޖެހޭ ކަަމަށް ޖާބިރު ވިދާޅުވިއެެވެ.
"މަސް މާރުކޭޓޭ ކިޔާފަައި އެތާގައި ހުންނަންޖެހޭނީ މަސް ލެއިން ތަތްތެޅިފައެއް ނޫން، މިއީ އެއަށްވުރެ ތަހުޒީބީ ޒަމާނެއް،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރައީސް ސާލިޙަށް ދެވަނަ ދަައުރެެއް ލިބިވަޑައިގެންފިނަމަ މާލޭގެ މަލަމަތި މުޅިން ބަދަލުކޮށްލައި މަސް މާރުކޭޓް ޒަމާނީ ފެންވަރަށް ތަރައްގީވެގެންދާނެ ކަމަށް އުއްމީދު ކުރަައްވާ ކަަމަށެވެ. އަދި މާރުކޭޓްތައް ތަރައްގީވެގެންދާއިރު މަސްމާރުކޭޓް ވެސް ހުންނާނީ ދިހަ ބާރަ ބުރީގެ އިމާރާތެއްގައި ހުންނަ ފަސް ތަރީގެ ފެންވަރުގައި އޭސީ ތަނެއްގެ ގޮތުގައި ކަމަށާއި އޭރުން މަސްވެރިންނާއި ދަތުރުވެރިންނަށް އިންތިހާއަށް އުފާވެރިކަން ލިބިގެންދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
"އެހެން މާރުކޭޓްތައް ވެސް ބޮޑު އިމާރާތެއްގެ ފުރާޅު ދަށައް ބަދަލުވެ ރައްކާތެރިކަމާއެކު މޭވާ އާއި ތަރުކާރީ ހަލާކުނުވާ ގޮތަށް އިންތިޒާމް ކުރެވިގެންދާނެ، ﷲ އިރާދަފުޅާއެކު މި ބަދަލު ގެނެވޭނެ، އެކަމަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ،" ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު