މިވަގުތަކީ ގައުމުގެ ކަންކަން ހުއްޓުމަކަށް ގެންނަންވީ ވަގުތު ނޫން ކަމަށާއި މިއީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ކުރިއަށްދާންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހާއި ގުޅިގެން މުޅި މަޖިލީހުގެ ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ ރާއްޖެއިން ޚަރަދު ކުޑަކޮށް މަޝްރޫއުތައް ހުއްޓާލައި މުވައްޒަފުން މަދުކޮށްގެން ތިބެވިދާނެ ކަމަށެވެ. އެހެން ނަމަވެސް މިވަގުތަކީ ގައުމުގެ ކަންކަން ހުއްޓުމަކަށް ގެނެސް ބާއްވަންވީ ވަގުތު ނޫން ކަމަށާއި މިއީ އިތުރަށް ކުރިއަށްދާންވީ ވަގުތު ކަމަށް ސައުދު ވިދާޅުވިއެވެ.
"އިގްތިސާދީ ދަތި ހާލަތެކޭ ކިޔައިގެން އަޅުގަނޑުމެން ކަންކަން ހުއްޓާލާފައި ތިއްބާ މާދަމާ އިގްތިސާދު ރަނގަޅުވާ ދުވަހު އަޅުގަނޑުމެން ހިތަށް އަރާނެ އެ ހުއްޓާލައިގެން ނުތިބެ ކުރިއަށް ދެވުނު ނަމަ މާ ރަނގަޅު ނޫންހޭ، އެހެންވީމަ މިއީ ގައުމުގެ ކަންކަން ހުއްޓުމަކަށް ގެނެސްސަ ބާއްވަންވީ ވަގުތެއް ނޫން، މިއީ އިތުރަށް ކުރިއަށްދާންވީ ވަގުތު. މާދަމާ ދުނިޔޭގެ ކަންކަން ރަނގަޅުވެގެންދާއިރު ދިވެހިރާއްޖެ ވާނީ މާ ކުރީގެ ރަނގަޅުވުމަކަށް ކަން އަޅުގަނޑު ގަބޫލުކުރަނީ،" ދާދިފަހުން އެމްޑީޕީއަށް ސޮއިކުރެއްވި ސައުދު ވިދާޅުވިއެވެ.
މީގެ އިތުރުން ސަައުދު ވިދާޅުވީ އިގްތިސާދީ ދަތި ހާލަތަކީ ރާއްޖެއަށް އެކަނި ދިމާވި ހާލަތެއް ނޫން ކަމަށެވެ. މުޅި ދުނިޔޭގެ އިގްތިސާދީ ހާލަތުވެސް އޮތީ ފޫނުބެއްދޭވަރުގެ އަނދަވަޅެއްގެ ތެރޭގައި ކަމަށް ސައުދު ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތި ހާލަތުން އަރައިގަނެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ޓެކްސް ބޮޑުކުރުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް ސައުދު ވިދާޅުވިއެެވެ.
"ރައްޔިތުންގެ ބައިވެރިވުމާއި އެކީގައި ފޯރުކޮށްދެމުންދާ އަސާސީ ޚިދުމަތްތައް ތަރުތީބުކޮށް ރައްޔިތުންނަށް ބޭނުންވާ ކުރިއެރުން ހޯދުމަށްޓަކައި ދައުލަތުން ކުރަމުންދާ މި ހޭދަ އިތުރުކުރުމަށް ނުވަތަ ފޫބެއްދުމަށްޓަކައި މިއަދު ހަމައެކަނި އޮތް ވަސީލަތަކީ ރާއްޖޭގެ ޓެކްސް ނިޒާމް އިތުރަށް ހަރުދަނާކޮށް އިތުރުކޮށް އާމްދަނީ ދައުލަތަށް ލިބޭ، އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުން. އެހެންވީމަ މިއީ ދިވެހި ދައުލަތުން ކުރަން އެންމެ މުހިންމު އެއްްކަން ކަން އަޅުގަނޑު ގަބޫލުކުރަން،" ސައުދު ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު