ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުންވާނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުން ލިބޭފަދަ އެއްވެސް ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައިނުވާނެ ކަމަށެވެ.
"ޗާގޮސް މައްސަލައިގައި ވެސް އަދި ޚާރިޖީ ދާއިރާއާއި ގުޅޭ އެހެންކަމެއްގައި ވެސް ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރަކުން މިހާތަަނަށް ވެސް ނިއްމާފައެއް ނޯއްނާނެ، އަދި ދެން ވެސް އެފަދަ ގެއްލުމަކަށް މި ސަރުކާރުން ޖާގައެއް ނުދޭނަން،" ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، ރާއްޖެ އާއި މޮރިޝަޝް މި މައްސަލަ ހައްލުކުރުމަށް 1992 ވަނަ އަހަރު އޭރުގެ ސަރުކާރުން އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ މަޝްވަރާތަކުން އެއްބަސްވީ ފުށުއަރާ ސަރަހައްދު ދެ ޤައުމަށް ހަމަހަމައަށް ބެހުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި އޭގެ ފަހުން 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން މޮރިޝަސް ސަރުކާރާއެކު މި މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭރު އެއްބަސްވީ ވާހަކަ ދައްކައިގެން ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމަށްކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ މޮރިޝަޝް މައްސަލައިގައި ރާއްޖެއިން ދަމަހައްޓަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ އަމިއްލަ މަންފާތަކެއް ހާސިލްކުރުމަށް ކަނޑައެޅިގެން އެނގި ތިބެ އެމައްސަލައާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިކަމުގައި ވެސް ވަކި މީހެއްގެ އަމިއްލަ ބޭނުމަށް ނޫނިއްޔާ ވަކި ބަޔެއްގެ އަމިއްލަ ބޭނުމަށް ނުވަތަ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އަދި ކަމުގެ ހަގީގަތް އެނގިތިބެ ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރަމުންދިޔުމަކީ ވަރަށް ދެރަ މައްސަލައެއް، އެފަދަ ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ އެއަށްވުރެ މާ ބޮޑަށް ހިތާމަހުރިކަމެއް،" ރައީސް ސާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު