ރައްޔިތުން ބަހެއް އުޒުރެެއް ނެތި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ.
ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހާއި ގުޅިގެން މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ޓެކްސް ބޮޑުކުރުމާއި ދެކޮޅު ހަދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ދެކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރުގެ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންނަށް ދޭ ޚިދުމަތްތައް މިގޮތުގައި ކުރިއަށް ގެންދާނަމަ ރައްޔިތުން ބަހެއް އުޒުރެއް ނެތި ރައީސް ސާލިޙަށް ދެވަނަ ދައުރެެއް ދޭނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނު ހަަމައެކަނި ކަމަކީ ޓެކްސް ބޮޑުކުރުމަށް ހުށައަޅާފައިވާ ބިލްގައި އޮތް އެއްޗަކާއި ދިމާ އިދިކޮޅަށް ވަރަށް ބޮޑަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ސޯލިހަށް ލިބުމަށް ނޭދޭ މެމްބަރުން ޚާއްސަކޮށް ޓެކްސް ބޮޑުކުރުމަށް ދެކޮޅު ހަދަމުންދިޔަ މަންޒަރު، ރާއްޖޭގެ އިގްތިސާދު މިގޮތަށް ހަމަޔަށް އެޅި ރައްޔިތުންނަށް މި ފުރިހަމަ ކޮށްދޭ އުމުރާނީ ތަރައްގީތަކާއި ސަރުކާރުން ފޯރުކޮށްދޭ އެކިއެކި އެހީތެރިކަން މިގޮތަށް ކުރިއަށް އޮތް ދިހަ ވަރަކަށް މަސްދުވަހު ފުރިހަމަ ކޮށްދީފިނަމަ ދިވެހި ރައްޔިތުން ބަހެއް ނެތި އުޒުރެއް ނެތި ދެވަނަ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭނެ ކަމާއި މެދު ދިވެހި އެއްވެސް ރައްޔިތަކު ސިޔާސީ ބޭފުޅަކު ޝައްްކެއް ނުއުފައްދާ،" ޝިފާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާއު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށާއި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަަށް މެދުނުކެނޑި އެސްއެމްއީ ލޯނު ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ. އަދި އެތަށް ބައިވަރު ގެސްޓް ހައުސްތަކަށް އަލުން ވިޔަފާރި ފެށުމުގެ މަގުތައް ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ ދުނިޔެއަށް ދިމާވި ކާރިސާތަކާއި ގުޅިގެން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި 30 ބިލިއަން ރުފިޔާ ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުންދަނީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރުވައި އަކުރުން އަކުރަށް ބަރާބަރަށް ފުރިހަމަކޮށްދެމުން ކަމަށް ޝިފާއު ވިދާޅުވިއެވެ.
"މިކަންކަން ހިދުކޮޅަކަށް ވެސް މަޑުޖެހެން ރައްޔިތުން ނޭދޭތީ މިއަދު ރައްޔިތުން އެތިބީ ސަރުކާރަށް މިކަންކަން ވާނެ މަގު ފަހިކޮށްދޭން ތައްޔާރަށް. އެހެން ނަމަވެސް އެކަމުގެ އެންމެ މުހިންމު ރޯލެއް އަދާކުރަން އޮތީ މި ރައްޔިތުންގެ މަޖިލިސް." ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވަނީ ސަރުކާރުން ހުށައަޅާފައިވާ ގޮތަށް ޓެކްސް ބޮޑުކުރުމުގެ ބިލް ފާސްކޮށްދިނުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު