ޑްރަގް ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދު ހާލިދު އިއްޔެ ހައްޔަރު ކުރުމަށްފަހު އަނެއްކާވެސް ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ރަސް އޮންލައިން" އަށް ވިދާޅުވީ، އަރުޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް ބަންދު ދެމެހެއްޓޭވަރަށް ހެކި ނެތުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަރުޝަދު ދޫކޮށްލާފައި މި ވަނީ، އޭނާގެ ބަންދާ މެދު ގޮތެއް ނުނިންމޭނެ ކަމަށް ހައި ކޯޓުން ނެރުނު އަމުރާއި ގުޅިގެން އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނިކޮށެވެ.
މި މައްސަލާގައި ފުލުހުން މިހާތަނަށް ހާމަ ކޮށްފައިވަނީ މަދު މައުލޫމާތެކެވެ. މި މަހުގެ ތެރޭގައި އޭނާ ރާއްޖެގެނެސް ބަންދުން ދޫކޮށްލާފައި ބެހެއްޓި މައްސަލާގައި ފުލުހުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
އެކަމުގައި ޝާމިލްވި ފުލުހުންގެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު