މި ސަރުކާރުގެ ވެރިން ޗައިނާފަދަ ގައުމުތަކަށް ދިއުމުގެ ކުރިން އިންޑިއާ ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ ކަމަށްބުނެ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު ކުރެއްވި ތުހުމަތު ސަރުކާރުން ދޮގުކޮށްފިއެވެ.
ސަރުކާރުން މިކަން ދޮގުކުރީ، މިހާރު ތިލަވެގެން އުޅޭ ޗާގޯސްގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވުމުގައި އިންޑިއާގެ ނުފޫޒު އޮތްކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް އަދި ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރަށް ވެސް ޗައިނާއަށް ވަޑައިގެންނެވެނީ އިންޑިއާ ސަރުކާރުގެ ހުއްދަ ހޯދައިގެން ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު ކުރެއްވި ތުހުމަތުގެ ހަގީގަތް ސާފުކުރުމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުޙައްމަދާއި މިއަދު "ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުޙައްމަދު ވިދާޅުވީ، މި ސަރުކާރުގެ އިސްބޭފުޅުން ބައެއް ގައުމުތަކަށް ވަޑައިގެންނެވުމުގެ ކުރިން އިންޑިއާއިން ހުއްދަ ހޯއްދަވަން ޖެހޭކަމަށްބުނެ ދައްކަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ.
އަދި އެފަދައިން ވިދާޅުވާ ބޭފުޅުންނަށް އެކަމުގެ އެއްވެސް ހެއްކެއް ދެއްކިފައިނުވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެބޭފުޅާ (ޑރ. މުނައްވަރު)، ޗާގޯސްގެ މައްސަލާގައިވެސް ހެއްދެވީ އިތުރުފުޅުކަން މިހާރު ނޫސްވެރިންނަށް ވެސް ސާފުވެފައިވާނޭ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
މިއުވާން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަންކަން ނިންމާނީ ރާއްޖޭން ކަމަށާއި، ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު