ބޯހިޔާވަހިކަމަކަށް އެދޭ އާންމު ރައްޔިތުމީހާ މި ސަރުކާރުން ހާލުގައި ނުޖައްސާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިފަދައިން ވިދާޅުވީ، ހަފްތާގެ އެންމެ ފަހު ރަސްމީ ދުވަހު ސްޕޯކްސްޕާސަން ބާއްވަވަމުން ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރަސް އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިއުވާން ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމްތަކާއި ގުޅިގެން މިހާރު ކުރިއަށްދަނީ ވެރިފިކޭޝަންގެ މަސައްކަތްތައް ކަމަށާއި، އެ މަސައްކަތްތައް ކުރިއަށް ގެންދާނީ މަސައްކަތް ނިމޭއިރު ރައްޔިތުން އެކަމުގައި އިތުރު ސުވާލެއް ނުއުފައްދާނެ ފަދަ ދެފުށް ފެންނަގޮތަކަށް ކަމަށެވެ.
"ފޯމު ހުށަހެޅުމުގައި ވެސް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ވަރަށް ފަސޭހަގޮތެއް އަޅުގަނޑުމެން ހުޅުވާލީ. ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންނަށް އިތުރު ތަކުލީފެއް ޖެއްސުމަށް ރައްޔިތުން ދަރުބާރުގެއަށް އެއްކޮށްގެން އަޅުގަނޑުމެން އެކަމެއް ނުކުރާނަން އިނގޭތޯ. އަޅުގަނޑުމެން އެކަންކުރާނީ އިތުރު ސުވާލެއް އުފައްދާނެ ފުރުސަތެއް ނުދީ ވަރަށް ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން." މިއުވާން ވިދާޅުވިއެވެ.
ފޯމްތަކުގެ ވެރިފިކޭޝަން މަރުހަލާ ނިމޭނެ ތާރީހަކާއިމެދު ސުވާލު ކުރުމުން ސީދާ އެ މަސައްކަތް ނިންމާލެވޭނެ ތާރީހެއް މިއުވާން ވިދާޅެއް ނުވެއެވެ. ނަމަވެސް، ވިދާޅުވީ، ރައީސް ޞާލިޙް ވައުދުވެވަޑައިގެންފައިވާ ގޮތަށް، މި ދައުރު ނިމުމުގެ ކުރިން ރޯނުދަމާ ގޯތި ކަނޑާ ގޯތީގެ ފަތްކޮޅު ދެވޭނެ ކަމަށެވެ.
ސަރުކާރުން އެންމެފަހުން ހުޅުވާލި ބިންވެރިކުރުމުގެ ދެ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ބިންވެރިޔާ ޕްރޮގްރާމަށް 15164 ފޯމް ހުށަހަޅާފައިވެއެވެ. އަދި ގެދޮރުވެރިޔާ ޕްރޮގްރާމަށް 14489 މީހުން ފޯމް ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު