ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުން އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މެރިން ޕޮލިހުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެެވެ. އަދި ކަނޑު އުޅަނދުފަހަރު ދުއްވުމުގައި، އުޅަނދާއި އުޅަނދުން ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންވީ ކަންކަމާއި، އުޅަނދަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުުރުން، ދަތުރަކަށް ފެށުމުގެ ކުރިން ސަމާލުކަންދޭންވީ ކަންކަމާއި ލައިފް ޖެކެޓު އެޅުމާއި އެކަމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާއިރު ކަނޑުމަތީގެ ހާދިސާތަކުގައި އަމަލުކުރާނެގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.
އޮގަސްޓް 22 އިން 25 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެމްޓީސީސީގެ 26 މުވައްޒަފުން ބައިވެރިވިއެވެ.
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް މެރިން ޕޮލިހުންދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު