އެނގިހުރެ އަމިއްލަ ގޮތް އިސްކުރާނީ ޑިކްޓޭޓަރުންކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިއަދު ވިދާޅުވީ މިވަގުތުވެސް މަޖިލީހުގައި ކޮމިޓީ ހިނގަމުން ދަނީ ގަވާއިދާއި ހިލާފަށްކަމަށެވެ.

"ކޮމިޓީގެ ވަގުތު ކޮމިޓީން ކަނޑައަޅަންޖެހޭނެކަމަށް އޮއްވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން މުގްނީ އެކަން ފާހަގަކުރުމުން ހުދުމުހުތާރު ކަމާއެކު އެކަންނުކޮށް، ކުރާނެ ގޮތެއް ނެތޭ ބުނެ މުގުނީގެ ފުރުސަތުވެސް ނަގާލާފައި ކުރިއަށްދަނީ." ރޮޒައިނާ ވިދާޅުވިއެވެ.



ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ކަންކަން ކޮމިޓީތަކުން ނިންމާނީ ހުށަހަޅާ ތާއީދު ލިބި ވޯޓަށް އަހައިގެންކަން މަޖިލީހުގެ ރައީސަށް ނޭގެންޏާ ސެކްރެޓޭރިއަޓުން އެކަން ސާފުކޮށްދޭންޖެހޭކަމަށެވެ.

"އެނގިހުރެ އަމިއްލަ ގޮތް އިސްކުރެއްވީކަމަށް ވަންޏާ ހަމަ އަނެއްކާވެސް ބުނެވޭނީ ބޮޑު ޑިކްޓޭޓަރެކޭ." ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އެންމެ ހުދުމުހުތާރުކޮށް ރައްޔިތުންގެ މަޖިލިސް ހިންގަވާ ރައީސްކަމަށް އިއްޔެވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު