ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވި، ގދ. ހޯޑެއްދޫ ޢަބްދުﷲ ރަޝީދާއިމެދު ފުލުހުން އަމަލު ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.
އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ހޯޑެއްދޫ ޕީޕީއެމް ގޮފީގެ ސްޓިއަރިން ކޮމެޓީގައި ހިމެނޭ ޢަބްދުﷲ ރަޝީދު ނިޔާވި ހަބަރު އެހީ ފުން ހިތާމައާއިއެކު ކަމަށެވެ. އަދި ރައީސް ޔާމީނާއި ޕީއެންސީގެ ލީޑަރޝިޕްގެ ނަމުގައި އާއިލާއަށް ތައުޒިޔާ ކިޔާކަމަށް ވެސް ބުނެފައިވެއެވެ.
ބަޔާނުގައި އިދިކޮޅުން ބުނެފައިވަނީ، ޢަބްދުﷲ ރަޝީދު ނިޔާވީ، ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް އާއިލާއިން މައުލޫމާތު ދޭކަމަށާއި، އޭނާ ހައްޔަރު ކޮށްގެން ގެންދިޔައިރު ވެސް އޭނާގެ މެޔަށް ތަދުވާކަމަށް ބުނަމުން ދިޔަކަމަށާއި އެހެންނަމަވެސް، އެކަމަށް ފުލުހުން އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާކަމަށެވެ.
އަދި އެތައް އިރެއްފަހުން އޭނާ މަޑަވެއްޔަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށާއި ފުލުހުން މި މައްސަލާގައި އަމަލު ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން ފުލުހުންގެ މި އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި އެ މައްސަލައިގެ ފުރިހަމަ އިންސާފުވެރި ތަހުގީގެއް ހިންގުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި އެކަމުގައި އިހުމާލުވި މީހުންނާއިމެދު ފިޔަވަޅު އަޅައި އިންސާފު ހޯދައިދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.
މި މައްސަލާގައި އާއިލާއިން ފުލުހުންގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވަނިކޮށް، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވަނީ، އެކަން ހިނގާދިޔަގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑުން ބަލަން ފަށާފައިވާ ކަމަށާއި، މިކަމުގައި ފުލުހުންގެ އިހުމާލެއް އޮތްނަމަ އެ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ނޫސް ބަޔާން
— Progressive Party of Maldives (@ProgressPartyMV) October 25, 2022
ހޯޑެއްދޫ ސްޓިއަރިންގ ކޮމިޓީގެ ރައީސް ޢަބްދުﷲ ރަޝީދު ނިޔާވުމާގުޅިގެން ޢާއިލާއަށް ތައުޒިޔާ ދަންނަވަމެވެ. އަދި އޭނާގެ މަރުގެ މައްސަލަ އިންސާފުވެރިކަމާއެކު ތަޙްޤީޤުކުރުމަށް ގޮވާލަމެވެ. pic.twitter.com/ViiaPYn69J
އަދި އެތައް އިރެއްފަހުން އޭނާ މަޑަވެއްޔަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށާއި ފުލުހުން މި މައްސަލާގައި އަމަލު ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން ފުލުހުންގެ މި އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި އެ މައްސަލައިގެ ފުރިހަމަ އިންސާފުވެރި ތަހުގީގެއް ހިންގުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި އެކަމުގައި އިހުމާލުވި މީހުންނާއިމެދު ފިޔަވަޅު އަޅައި އިންސާފު ހޯދައިދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.
މި މައްސަލާގައި އާއިލާއިން ފުލުހުންގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވަނިކޮށް، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވަނީ، އެކަން ހިނގާދިޔަގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑުން ބަލަން ފަށާފައިވާ ކަމަށާއި، މިކަމުގައި ފުލުހުންގެ އިހުމާލެއް އޮތްނަމަ އެ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު