ޑްރަގް ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދު ހާލިދު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަރުޝަދު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަރުޝަދު ހައްޔަރުކޮށްފައި މި ވަނީ، އޭނާގެ ބަންދާ މެދު ގޮތެއް ނުނިންމޭނެ ކަމަށް ހައި ކޯޓުން ނެރުނު އަމުރާއި ގުޅިގެން އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާއި ގުޅިގެނެވެ.
ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ، ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ހައިކޯޓުން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، 12 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 19:45 އަށް ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރީ، ފުލުހުންގެ ހައްޔަރުން ދޫކޮށްލައި އެކަމާ ގުޅޭ ލިޔުމެއް އޭނާއަށް ރައްދުކުރުމަށްފަހުގައި ކަމަށެވެ.
އެދުވަހު ހައިކޯޓުން ބުނީ، އަރުޝަދު ކޯޓަށް ހާޒިރުވީ ބަންދުގައި ހުރެގެން ނޫންކަމަށާއި އޭނާ ހާޒިރުވީ އަމިއްލައަށް ކަމަށެވެ.
އަދި މިކަމުގައި ފުލުހުން ގޯސްތަކެއް ހަދާފައިވާތީ އޭނާ ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިހާރު އަންގާފައިވާނޭ ކަމަށާއި އަދި މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފައި ކަމަށް ޕީޖީ އޮފީހުން އެދުވަހު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު