ރިޔާސީ ދައުރެއްގެ ފަހުކޮޅު މިހާބޮޑު އަމާންކަމާއި ހަމަޖެހުމެއް އޮތް ދައުރެއް ދިވެހިން ދެކެފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ.
ޝިފާއު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެެވެ. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، ރާއްޖޭގެ ތަފާތު ގިނަ ވެރިން ވެެރިކަން ކުރެއްވި މަންޒަރު ފެނިއްޖެ ކަމަށެވެ.
އެގޮތުން ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަމާއި ފެހި ގާނޫނު އަސާސީގެ ދަށުން 4 ބޭފުޅަކު ވެރިކަން ކުރަށްވާފައިވާއިރު ރިޔާސީ ދައުރެއްގައި ދެބޭފުޅެއްގެ ވެރިކަން ދިވެހިން ދެކެފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ ދިވެހިން މިހާރު ކަޑައްތު ކުރަމުންދަނީ ރިޔާސީ ދައުރެއްގެ ހަތަރުވަނަ އަހަރު ކަމަށެވެ. ރިޔާސީ ދައުރެއްގެ ފަހުކޮޅު މިވަރަށް ހަމަޖެހުމާއި އަމާންކަން އޮތް ދުވަސްވަރެއް ދިވެހިން ދެކެފައިނުވާ ކަމަަށް ޝިފާއު ވިދާޅުވިއެވެ.
"މިހާތަނަށް މިގައުމު ދެކެފައެއް ނެތް، ނޫސްވެރިކަން ވެސް ތަންމިނަށް ހުޅުވާލައި ނަމަވެސް މިހާތަނަށް މިގައުމު ދެކެފައެއް ނެތް ރިޔާސީ ދައުރެއްގެ ފަހުކޮޅު ގައުމެއްގެ ހަމަޖެހުމާއި އަމާންކަން މިވަރަށް އޮތް ދައުރެއް މިވަރަށް އޮތް ދުވަސްވަރެއް، ރިޔާސީ ދައުރެއްގެ ފަހުކޮޅު މިހާތަނަށް ދެކޭ އެންމެ ހަމަޖެހުމާއި އަމާންކަން އޮތް ދުވަސްވަރުމީ،" ޝިފާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާއު ވިދާޅުވީ ގައުމުގައި ހަމަޖެހުން ގާއިމްވެފައިވަނީ ސަރުކާރުން ކުރާ އިޚުލާސްތެރި ގިނަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އަދި އެންމެ ފަހުން ފާސްކުރި ހެއްކާ ބެހޭ ބިލުގަައި ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރުމުން އެއްވެސް ހިފެހެއްޓުމެއް ނެތި އެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ސަރުކާރުން ޖާގަ ދީފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައްޔިތުންގެ ވެރިކަމެއް ހިނގާ ވެރިކަމެއްގައި ހުންނަންޖެހޭނީ ވެސް އެ ސިފަތަށް، ރައްޔިތުންނަށް ވެރިކަމެއްގެ ފަރާތުން ލިބެންޖެހޭ ހިތްހަމަޖެހުން ލިބޭނީ ރައްޔިތުންނަށްޓަކައި ވެރިކަން ކުރާ ސަރުކާރެއްގައި މިފަދަ ސިފަތަކެއް ހުރެގެން،" ޝިފާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު