ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ފޯޅަވަހި ހޯދަން ދައުވާ ނުކުރީ ކީއްވެތޯ ވިދާޅުވެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ސުވާލު ކުރަށްވައިފިއެވެ.
ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުނުކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. މިމައްސަ މަޖިލީހަށް ބަލައިގަނެ ކުރެވުނު ބަހުސްގައި އިދިކޮޅު މެންބަރުންނާ އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ މައްސަލައިގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އާދަމް ޝަރީފަށް އަމާޒުކޮށް 2017 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްއަށް ފޯޅަވަހި ދޭން ނިންމިއިރު އޭރުގެ ސަރުކާރުން ދައުވާ ނުކުރީ ކީއްވެތޯ ސުވާލު ކުރަށްވާފައެވެ. އަދި އޭރުގެ ޑިފެންސް މިނިސްޓަރު ފޯޅަވަހި ގެއްލިގެންދިޔައިރު ކުރެއްވީ ކޮންކަމެއްތޯ ވެސް ފައްޔާޒު އައްސަވާފައި ވެއެވެ.
2017 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ.

2017 ގަ ICJ ގައި މޮރިޝަޝް އަށް ފޯޅަވަހި ދޭން ނިންމި އިރު އޭރުގެ ސަރުކާ ކީއްވެބާ ދައުވާ ނުކުރީ ؟ އޭރުގެ ޑިފންސް މިނިސްޓަރ ކީއްބާ ކުރެއްވީ ފޯޅަވެހި ރާއްޖޭގެ ތަނެއް ކަމަށްދެކި ގެއްލި ދިޔައިރު.؟@Adamshareefz
— Fayyaz Ismail (@faya_i) October 25, 2022
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އާދަމް ޝަރީފަށް އަމާޒުކޮށް 2017 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްއަށް ފޯޅަވަހި ދޭން ނިންމިއިރު އޭރުގެ ސަރުކާރުން ދައުވާ ނުކުރީ ކީއްވެތޯ ސުވާލު ކުރަށްވާފައެވެ. އަދި އޭރުގެ ޑިފެންސް މިނިސްޓަރު ފޯޅަވަހި ގެއްލިގެންދިޔައިރު ކުރެއްވީ ކޮންކަމެއްތޯ ވެސް ފައްޔާޒު އައްސަވާފައި ވެއެވެ.
2017 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ.
ކިޔުންތެރިންގެ ހިޔާލު