މި ސަރުކާރުން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރާ ވާހަކަ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ދައްކަނީ އެބޭފުޅުންގެ ވެރިކަމުގައި މި ގައުމު 80 ބިލިއަން ރުފިޔާއިން ދަރުވާލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަނީފް މިފަދައިން ވިދާޅުވީ، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށައެޅި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި އެންމެ ފުރަތަމަ ޓެކްސް ތައާރަފު ކުރިއިރު، 7 ބިލިއަނުގައިހުރި ބަޖެޓު، މި ހިނގާ 2022 ވަނަ އަހަރު 25 ބިލިއަނަށް އަރާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ބަޖެޓަށް 25 ބިލިއަން ރުފިޔާ އިތުރު ކުރެވިދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މުޅި މަޖިލިސް ކޮމެޓީއެއްގެ ގޮތުގައި ހަމަޖައްސަވައިގެން ބަހުސްތައް ކުރިއަށް ގެންދާ މި މައްސަލާގައި، ސަނީފް ވާހަކަ ދައްކަވަމުން ގެންދެވިއިރު މަޖިލިސްތެރެ އޮތީ ވަރަށް ބޮޑަށް ހޫނުވެ އަޑުގަދަކޮށެވެ. އެކަމާއި ގުޅިގެން ސަނީފް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ކޮށްދެމުން ދާކަމަށާއި، ބޭސްފަރުވާއާއި ކިޔެވުން އަދި އެނޫންވެސް އިޖުތިމާއީ ކަންކަން ފުރިހަމަ ކޮށްދެމުން ދާއިރު އެކަމަށް ބޭނުންވާ އާމްދަނީ ހޯދުމަށް މިފަދަ އިސްލާހެއް ހުށަހެޅުމުން އިދިކޮޅުން އަޑުގަދަ ކުރާތީ ކަންބޮޑުވެވަްައިގަންނަވާ ކަމަށެވެ.

"އަޑުގަދަކުރަމުންދާ ފަރާތްތަކުން ވިސްނާލަންޖެހޭ އެބޭފުޅުންގެ ދައުރުގައި ކީއްތޯ ކުރެވިފައި އޮތީ، އެބޭފުޅުން ތިބީ ގައުމު 80 ބިލިއަނުން ދަރުވާލާފައި. ތިބިއިރުގައި ދައުލަތުން ރައްޔިތުންނަށް މުސާރަ އާއި މިކަންކަން ކުރުމަށް، ދައުލަތުގެ ކަންކަން ކުރުމަށް މަސައްކަތް ކުރަމުން ދަނީ. މިބޭފުޅުންނަށް މިކަންކަން ނޭނގޭ. ދިވެހި ދައުލަތަށް މިހާބޮޑު ގެއްލުމެއް ދީފައި ތިބި ބަޔަކު އެހެން އަމަލު ކުރައްވާތީ ކަންބޮޑުވޭ." ސަނީފް ވިދާޅުވިއެވެ.

ސަނީފް އިތުރަށް ވިދާޅުވީ، ޓެކްސް ބޮޑުކުރުމުން ކޮންމެވެސް ވަރެއްގެ ދަތިކަމެއް އައިނަމަވެސް، ދުރު މުސްތަގުބަލުގައި އެ ކަމުން ފައިދާ ވާނެކަމަށެވެ. އެހެންކަމުން ސަރުކާރުން ހުށަހެޅި އެ ބިލަށް ތާއީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-13

ޖޭޑް

29-Oct-2022

އެޅިހާ ބަތަކަށްރިހަ؛ ޖެހިހާ ބެރަކަށް ނަށަމންދޭ އެއިރުން ރަނގަޅުވާނީ ތި ގޮވެނީ ގުދޯ ގުދޯ



ޓްރެންޑިން