ދޭދޭ ގައުމުތަކުގެ އިހުތިސާސަށް އިހުތިރާމް ކުރުމަކީ ބައިނަލްއަގުވާމީ ގުޅުންތަކުގެ އަސާސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރ މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލާގައި މިހާރު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ގުޅުވައި އަމީތު މިއަދު ވިދާޅުވީ، ދޭދޭ ގައުމުތަކުގެ މިނިވަންކަމާއި، ޓެރިޓޯރީއަލް އިންޓެގްރިޓީއަށް އިހުތިރާމް ކުރުމަކީ ބައިނަލްއަގުވާމީ ގުޅުންތަކުގެ އަސާސްކަމަށާއި އދ. ގެ ޗާޓަރު ބަލައިގަނެ، ކޮންވެންޝަންތަކުގައި ވެސް ސޮއި ކޮށްގެން ތިބެ، އެ އުސޫލު ބަލައި ނުގަންނަމޭ ބުނުމަށްވުރެ ދެކޮޅުނުޖެހޭ ވިސްނުމެއް ނޯންނާނެކަމަށެވެ.



މި މައްސަލާގައި މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާއި އިދިކޮޅު މެންބަރުންވެސް ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ ރާއްޖެއިން ބައެއް ގެއްލޭގޮތަށް އަމަލުނުކުރާނެކަމަށެވެ. އަދި މީޑިއާއަށް މައުލޫމާތު ދެއްވަމުން މިމައްސަލައިގައި ރާއްޖެއަށް ގާނޫނީ ލަފާދީ ވަކާލާތު ކުރަށްވާ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ވިދާޅުވެފައިވަނީ މިމައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް ރާއްޖޭގެ މިހާރުގެ އިގުތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް ނުގެއްލޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


4

އިބޫމާލެ

26-Oct-2022

އަމިތަކީ އަދި ކާކު ތާކުންތާކު ނުޖެހޭ އެބައުޅޭމެންނައް ކޯއްޗެއް އެގިގެން ތަޅުވާނަގަނީ ދެބަންދިހާރުން



ޓްރެންޑިން