ވަޒީފާއަށް ނިކުންނަ މައިންބަފައިންނަށްކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރު އޮފީސްތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އޮފީސްތަކުގައި ކުދިން ބަލަހައްޓާނެ ޑޭކެއަރ ސެންޓަރުތައް ގާއިމްކުރަން ފަށައިފިއެވެ.

ވަޒީފާއަށް ނިކުންނަ މައިންބަފައިންނަށް ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޑޭ ކެއަރގެ ސެންޓަރުތައް ހެދުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މަސައްކަތެކެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު، ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީއާއި ލިޔުމުން ކުރެއްވި ސުވާލެއްގައި މި މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް އެދިވަޑައިގެންފަެި ވެއެވެ.



މެމްބަރު ޖީހާންގެ ސުވާލާއި ގުޅިގެން މިނިސްޓަރ އައިޝަތު މުހައްމަދު ވިދާޅުވީ، އަތްފޯރާ ފަށުގައި ޑޭ ކެއަރގެ ޚިދުމަތް ދިނުމަށް ތަނެއް ވުޖޫދުކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށާއި އެގޮތުން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީއިން މަސައްކަތް ކުރީ އޭޑީބީގެ ހިލޭ އެހީގައި، މާލޭގައި ޑޭ ކެއަރ ސެންޓަރެއް ހަދާ ޚިދުމަތް ދިނުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޕްރޮޖެކްޓް ރާވާ، އެކަމަށް ބޭނުންވާ ބިން ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބު ނުވާކަމަށެވެ.

މާލެއިން އެކަމަށް ބިން ނުލިބުމުން ދެން މަސައްކަތް ފެށީ، ސަރުކާރާއި ސަރުކާރު ޙިސާވާ ކުންފުނިތަކުގެ އޮފީސްތަކުގައި މިފަދަ ސެންޓަރުތައް ހެދުމަށްކަަމަށް މިނިސްްޓަރ ވިދާޅުވިއެވެ.

މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާއިރު، މި އަހަރު ނިމުމުގެ ކުރިން މިފަދަ ސެންޓަރެއް ސްޓެލްކޯއާ އެމްޕީއެލްގައި ޤާއިމުކުރާނެކަމަށް އެ ކުންފުނިތަކުން މަޢުލޫމާތު ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްޓެލްކޯގެ ޑޭކެއަރ އަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް މިިނިސްޓަރ ވިދާޅުވިއެވެ.

ސްޓެލްކޯއާއި އެމްޕީއެލްގެ އިތުރުން އެޗްޑީސީން އަންނަނީ ހުޅުމާލޭގައި 3000 އަކަފޫޓުގެ 6 ފަންގިފިލާގެ، ޑޭކެއަރ ސެންޓަރެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މި ޑޭކެއަރ ތަރައްޤީ ކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ބޭނުން ކުރެވޭ ގޮތަށެވެ.

ސަރުކާރުން މިހާރު ވަނީ ޑޭ ކެއަރ ހެދުމުގެ އުސޫލުވެސް ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން