ޗާގޯސް މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރިކަމަށް ކުރީގެ ބަންޑާރަ ނާއިބު އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި މަގާމުން އިސްތިއުފާ ދެއްވި ބަންޑާރަ ނާއިބު މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ޗާގޯސް މައްސަލައިގައި ސަރުކާރަށް ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމަށް އައްޔަންކުރި މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭޖީ އޮފީހުން މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ މަސްލަހަތުގައިކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އޭޖީ އޮފީހުން މަސައްކަތްކޮށްފައިވަނީ ދައުލަތުގެ މަސްލަހަތުގައިކަމަށް ފެނިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއިރު، ގިނަ ބަޔަކު އަންނަނީ މިމައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތަށް ފާޑު ކިޔަމުންނެވެ.
ނަމަވެސް ސަރުކާރުން ބުނަމުންދަނީ ރާއްޖެއިން ބައެއް ގެއްލޭގޮތަށް އަމަލުނުކުރާނެކަމަށެވެ. އަދި މީޑިއާއަށް މައުލޫމާތު ދެއްވަމުން މިމައްސަލައިގައި ރާއްޖެއަށް ގާނޫނީ ލަފާދީ ވަކާލާތު ކުރަށްވާ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ވިދާޅުވެފައިވަނީ މިމައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް ރާއްޖޭގެ މިހާރުގެ އިގުތިޞާދީ ސަރަހައްދުން އެއްވެސް މިންވަރެއް ނުގެއްލޭނެ ކަމަށެވެ.

Attorney General ge offeehun masakkaiy kuravvaafaivanee dhaulathuge maslahathugai kamah fene.
— Ahmed Muizzu (@AhmedMuizzu) October 25, 2022
އޭޖީ އޮފީހުން މަސައްކަތްކޮށްފައިވަނީ ދައުލަތުގެ މަސްލަހަތުގައިކަމަށް ފެނިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއިރު، ގިނަ ބަޔަކު އަންނަނީ މިމައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތަށް ފާޑު ކިޔަމުންނެވެ.
ނަމަވެސް ސަރުކާރުން ބުނަމުންދަނީ ރާއްޖެއިން ބައެއް ގެއްލޭގޮތަށް އަމަލުނުކުރާނެކަމަށެވެ. އަދި މީޑިއާއަށް މައުލޫމާތު ދެއްވަމުން މިމައްސަލައިގައި ރާއްޖެއަށް ގާނޫނީ ލަފާދީ ވަކާލާތު ކުރަށްވާ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ވިދާޅުވެފައިވަނީ މިމައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް ރާއްޖޭގެ މިހާރުގެ އިގުތިޞާދީ ސަރަހައްދުން އެއްވެސް މިންވަރެއް ނުގެއްލޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު