ސަރުކާރުން ރާއްޖޭގެ ބައެއް ދޫކޮށްލާކަށް ނޫޅޭކަމަށާއި، އަދި އެފަދަ ކަމެއް ނުވެސް ކުރާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ފޯޅަވަހީގެ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން ޝަރީފް ވިދާޅުވީ ފޯޅަވައްސަކީ އިނގިރޭސވިލާތުގެ ތަނެއްވެސް ނޫންކަމަށާއި، އަދި އެއީ މޮރީޝަސްގެ ތަނެއްވެސް ނޫންކަމަށެވެ.
"ފޯޅަވައްސަށް އިނގިރޭސިން ދައުވާކުރިޔަސް، މޮރީޝަސްއިން ދައުވާކުރިޔަސް، އެއީ ރާއްޖެއިން ބައެއް ގެއްލެންޖެހޭނެކަމެއް ނޫން. އެމީހުންގެ އަތުގައި ނެތް އެއްޗަކަށް ދައުވާއެއް ނުކުރެވޭނެ. ބައެއް ބޭފުޅުން އޮޅޭގޮތަށް ވާހަކަދައްކާތީ ހިތާމަކުރަން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ބައެއް ދޫކޮށްލާކަށް ނޫޅޭކަމަށާއި އެކަން ވަރަށް ސާފުކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުން އެންމެ އިންޗިއެއްވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ދޫކޮށްލާކަށް ދިވެހި ސަރުކާރަށް އެއްބަހެއް ނުވެވޭނެކަމަށާއި އަދި އެއްބަސްވެފައެއްވެސް ނޯންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ފޯޅަވަހީގެ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ޤަރާރު ވަނީ މިއަދު މަޖިލީހަށް ބަލައިގެންފައެވެ. މި ޤަރާރަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ ފޯޅަވަހީގެ މައްސަލައިގެ ތެރެއިން ރާއްޖެއިން ބައެއް ގެއްލިދާނެކަމަށް ބުނެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު