ދައުލަތަށް ލިބެމުންދާ އާމްދަނީ އިތުރުނުކުރާނަމަ ރައްޔިތުންގެ ތަރައްޤީއަށް ކުރާ މަސައްކަތްތައް ހުއްޓާލަންޖެހިދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މިއަދު ޓެކްސް ނަގާތީ ކަންބޮޑުވުން ފާޅުކޮށް، އެކަން އެގޮތަށް ކުރާ ސަބަބާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އިޤްތިޞާދަށް އަންނަ ލޮޅުންތަކާއެކު އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭކަމަށެވެ.
"ސަރުކާރުން މިހާތަނަށް އައީވެސް އެ މަގުން މަސައްކަތްކުރަމުން. ކޯވިޑާއި ގުޅިގެންވެސް އެގޮތަށް ވަނީ ފިޔަވަޅު އަޅާފައި. އޭރު ޖެހުނީ ހަރަދުތައް އިތުރުކޮށް، މާކެޓަށް ފައިސާ ވައްދަން ވިޔަފާރިތައް ކުރިއަރާނެދާނެ މަގުތައް ހޯދަން." އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރައިގެންދާކަމަށާއި، އިޤްތިޞާދީގޮތުން ކުރިއެރުންތަކެއްވެސް ލިބެމުންދާކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 41.6 އިންސައްތަ ވަނީ ކުރިއަރާފައެވެ. އަދި މިއަހަރު ރާއްޖޭގެ އިޤްތިޞާދު 13 އިންސައްތަ ކުރިއަރާނެކަމަށް ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ހަރަދުތައް އިތުރުވަމުންދާއިރު ރާއްޖެއަށް އެތެރެއިން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށެވެ. މިއީ މާލީ އިދާރާތަކުންވެސް ލަފާދީފައިވާ ކަންކަންކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސް ބޮޑު ނުކޮށްފިނަމަ ރައްޔިތުންނަށްޓަކައި ހިންގާ މަޝްރޫޢުތައް ހުއްޓާލަންޖެހިދާނެކަމަށެވެ. އަދި އެގޮތަށް މަޝްރޫޢުތައް ހުއްޓާލީމަ ރާއްޖެއަށް އިޤްތިޞާދީ ގޮތުން ލިބޭ ކުރިއެރުންތައްވެސް މަޑުޖެހިދާނެކަމަށް އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު