ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބުނެ ސިވިލް ކޯޓުގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ސިވިލް ކޯޓުގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމް އާއި ބެހޭގޮތުން ކޮމިޝަނުން ތަޙްޤީޤުކުރި، މައްސަލަތަކުގައި، ޤާޟީ ހަސަން ފަހީމް އިބްރާހީމް ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، މި މައްސަލަތަކުގައި ޤާޟީ ޙަސަން ފަހީމް އިބްރާހީމްގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް އޮތްކަމަކަށް މި މައްސަލަތައް ތަޙްޤީޤުކުރި ތަޙްޤީޤު ކޮމިޓީގެ މެމްބަރުންނަކަށް ނުފެންނަކަމަށެވެ.
އެހެންނަމަވެސް، 2019/88 މައްސަލާގައި، ޤާޟީ ޙަސަން ފަހީމް އިބްރާހީމް ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގައި ޙުކުމްކޮށް މައްސަލަ ނިންމާފައިވާކަމަށް ކޮމިޝަންގެ ތަޙްޤީޤުގައި ޤާޟީ ޙަސަން ފަހީމް އިބްރާހީމް އިޢުތިރާފުވެފައިވާކަމަށެވެ. އަދި ޤާޟީ ޙަސަން ފަހީމް އިބްރާހީމްގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ހަމަ މި ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި (ރ) އާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.4 އާއި 3.1 އާއި އަދި 3.2 އާއި ޚިލާފު ޢަމަލެއްކަމަށްވާތީ، އޭނާއަށް ފިޔަވަޅު އަޅަން ނިންމާފައިވާކަމަށެވެ. އެގޮތުން ޤާޟީ ޙަސަން ފަހީމް އިބްރާހީމަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު