ގައުމު ކުރިއަރުވަން އެދޭނަމަ އެންމެ ފުރަތަމަ ކުރިއަރުވަންޖެހެނީ ތިމާގެ އަމިއްލަ ނަފްސުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ގައުމީ ޒުވާމުންގެ ދުވަހާއި ގުޅުވައިގެން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ޒުވާނުންގެ ބައިވެރިވުމާއިއެކު ގައުމު ތަރައްގީ ކުރުން ކަމަށެވެ. އަދި ގައުމު ކުރިއަރަން އެދޭނަމަ އެންމެ ފުރަތަމަ ކުރިއަރަންޖެހޭނީ ތިމާގެ އަމިއްލަ ނަފްސުކަމަށާއި، އެއީ އަޅާ ހެދުމަކުން ނުވަތަ ދިރިއުޅޭ ވައްޓަފާޅިއަކުން ހާސިލުވާ ކަމެއް ނޫންކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަން ހާސިލުވާނީ ތިމާއަށް ލިބިފައިވާ ވިސްނުމުގައި ތިމާގެ ހަށިގަނޑު ތަރައްގީ ކޮށްގެން ކަމަށެވެ. ތައުލީމާއި ހަށިގަނޑުގެ ތަރުބިއްޔަތު ޒުވާނުންނަށް މުހިންމުވަނީ އެ ސަބަބަށްޓަކައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް، ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޒުވާނުން އަޒުމު ކަނޑައަޅަންވީ ކަންކަމާއި ގުޅޭގޮތުން ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު