"ގްލޯބަލް ޕަރޓްނަރޝިޕް އިން އެޑިއުކޭޝަން" ޖީޕީއީގައި، އޭޝިއާ އަދި ޕެސިފިކްގެ މެންބަރު ގައުމުތައް ތަމްސީލުކުރާ ބޯޑު މެންބަރަކަށް ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ހަމަޖައްސައިފިއެވެ.

މި މަގާމަށް އައިޝަތު ޢަލީ ހޮވިފައިވަނީ އެ މަގާމަށް ކުރިމަތިލި އެހެން ބޭފުޅުންނާ ވާދަކުރައްވާ، މެންބަރު ހުރިހާ ގައުމެއްގެ ވޯޓާއިއެކުއެވެ.

މި މަގާމަށް މިނިސްޓަރު އައްޔަން ކުރުމުން، ޖީޕީއީގެ ޕޮލިސީތަކާއި ނިންމުންތައް ނިންމުމާއި އުސޫލުތައް ކަނޑައެޅުމުގައި އައިޝަތު އަލީ މަސައްކަތް ކުރައްވާނެއެވެ.

ޖީޕީއީއަކީ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ތައުލީމީ ކަންކަން ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ. މިއީ ބައިނަލްއަޤްވާމީގޮތުން ހިންގާ މިފަދަ އެންމެ ބޮޑު ފަންޑެވެ.

ޖީޕީއީގެ ދަށުން، ދުނިޔޭގެ 70 އަށްވުރެ ގިނަ ގައުމުތަކުގެ، ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ފަންޑުގެ މަގުސަދަކީ ހެޔޮއެދޭ ފަރާތްތަކާއި، ޖަމިއްޔާތަކާއި ބޮޑެތި އަމިއްލަ ވިޔަފާރިތަކާއި ބޭންކްތައް އަދި ގިނައިން އާމްދަނީ ލިބޭ ޤައުމުތަކުގެ މާލީ އެހީ ހޯދައި، އެ ފައިސާ، މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ތައުލީމީ ކަންކަން ކުރުމަށް ހޭދަކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު