އެމްޑަބްލިއުއެސްސީން މާލޭގެ ފެނުގެ ރިޒާވެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
މާލޭގައި ފެނުގެ ބެކަޕް ސިސްޓަމެއް ނުވަތަ ރިޒާވެއް ޤާއިމުކުރުމަށް ބޭނުންވާ ބިން ސަރުކާރުން ވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްފައެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ މާލޭގައި ތަރައްޤީކުރާ ފެނުގެ ރިޒާވް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާރޓަރުގެ ތެރޭގައި ނިމޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވިގޮތަކަށް ކުރެވޭ މަސައްކަތެއްކަން ކަށަވަރުކުރާނެކަމަށްވެސް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ އެންމެ ފުރަތަމަ މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމި ގޮތުގެ ޕްލޭނަށް ބަދަލުތަކެއް ގެނައުމުން ލަސްތަކެއް ކުރިމަތިވިކަމަށެވެ. އަދި ޑިޒައިނަށް ބަދަލު ގެނައީ ކުރީގެ ޑިޒައިނަކީ ދިގު މުއްދަތަކަށް ބޭނުންކުރެވޭގޮތަށް ހެދިފައިވާ ޑިޒައިނެއް ނޫންކަމަށް ތަޖުރިބާކާރުން ލަފާދެއްވާފައިވާތީކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ފެނުގެ ރިޒާވްގެ ޑިޒައިނަށް ބަދަލުގެނެސް، މިހާރު ފައުންޑޭޝަންގެ މަސައްކަތް ކުރުމަށް ބަޔަކާއި ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
"އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި މިމަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރަމުން މިދަނީ." ޝާހު ވިދާޅުވިއެވެ.
މާލޭގައި ފެނުގެ ރިޒާވެއް ގާއިމްކުރަމުންދަނީ ފެނާއި ނަރުދަމާގެ ޚާއްސަ ޤާނޫނުގެ ދަށުންނެވެ.
އެ ޤާނޫނުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 5 ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭނެ ފެނުގެ ރިޒާވެއް ޤާއިމުކުރަންޖެހެއެވެ. އެގޮތުން މާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ 13000 ޓަނުގެ 2 ތާނގީއެވެ.

ކިޔުންތެރިންގެ ހިޔާލު