ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދު، މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް (ފޯޅަވަހި) ގެ ސަރަހައްދަށް ވަންނަ ކަމަށް މޮރިޝަސްއިން ބުނާ މައްސަލާގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑު ބަދަލު ނުވާކަން ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ހުށަހެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމެވެ.
ނާޒިމް މިއަދު ހުށަހެޅުއްވި ގަރާރުގައި ވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އދ. ގައި ރާއްޖެއިން ތާއީދުކުރަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވި ވާހަކައާ ގުޅިގެން ފުށުއެރުންތަކެއް ހުރި ކަމަށެވެ.
އަދި ޗާގޯސް މައްސަލާގައި ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުކުރުމުގައި ވަށައިގެންވާ ސަބަބުތައް ދެނެގަނެ، އެކަން ކޮށްފައިވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަށް މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން މިމައްސަލަ ބަލައިދިނުމަށް ގަރާރުގައި ވަނީ އެދިފައެވެ.
ޗާގޯސްގެ މައްސަލާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ސަރުކާރުން މިއަދު ބުނެފައިވަނީ، ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ކޯޓުން ނިންމާފައިވާ ނިންމުމަށް އދ. ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއްކަމަށެވެ. އަދި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވެފައިނުވާކަމަށް ވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.

ޗާގޯސް މައްސަލާގަ ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުކުރުމުގަ ވަށައިގެންވާ ސަބަބުތައް ދެނެގަނެ، އެކަން ކޮށްފައިވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަށް މަޖިލީހުގެ ހާއްސަ ސެލެކްޓް ކޮމިޓީއަކުން މިމައްސަލަ ބެލުމަށް MNP ގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހަޅައިފިން. pic.twitter.com/ucnHxp5YOo
— Mohamed Nazim MP (@nazim7878) October 23, 2022
ޗާގޯސްގެ މައްސަލާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ސަރުކާރުން މިއަދު ބުނެފައިވަނީ، ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ކޯޓުން ނިންމާފައިވާ ނިންމުމަށް އދ. ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއްކަމަށެވެ. އަދި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވެފައިނުވާކަމަށް ވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު