ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް ސަރުކާރުން ދިން "މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" ހާސިލު ކުރި ފަރާތަތަކަށް ޚާއްސަކޮށްގެން ބެޖެއް ތައާރަފްކޮށްފިއެވެ.
"މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2022 ވިނަރ ބެޖް" ގެ ނަމުގައި މި ބެޖު ތައާރަފްކޮށްފައިވަނި މިނިސްޓްރީ އޮފް ޓޫރިޒަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، އެކި ކެޓަގަރީތަކުން "މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" ހާސިލްކުރި ފަރާތްތަކުން ޕްރޮމޯޝަންތަކާއި ރަސްމީ ލިޔުންތަކުގައި ބޭނުންކުރުމަށް މި ބެޖު އެމިނިސްޓްރީން އެވޯޑްތައް ހާސިލްކޮށްފައިވާ ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ.
"މޯލްޑިވްސް ޓޫރިޒަމް އެވޯޑް" މިއަހަރު 27 ފަރާތަކުން ވަނީ ހާސިލްކޮށްފައެވެ.
މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރުކަމުން މި އެވޯޑަކީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދިން އެވޯޑެކެވެ.

Ministry of Tourism introduces the ‘Maldives Tourism Awards- Winner Badge. This Award Badge can be used by tourist establishments who won the awards in their communications and promotions. #Maldives #Tourism #Awards. pic.twitter.com/eg644slSo5
— Ministry of Tourism (@MoTmv) October 23, 2022
ޓޫރިޒަމް މިނިސްޓްރީން ބުނީ، އެކި ކެޓަގަރީތަކުން "މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" ހާސިލްކުރި ފަރާތްތަކުން ޕްރޮމޯޝަންތަކާއި ރަސްމީ ލިޔުންތަކުގައި ބޭނުންކުރުމަށް މި ބެޖު އެމިނިސްޓްރީން އެވޯޑްތައް ހާސިލްކޮށްފައިވާ ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ.
"މޯލްޑިވްސް ޓޫރިޒަމް އެވޯޑް" މިއަހަރު 27 ފަރާތަކުން ވަނީ ހާސިލްކޮށްފައެވެ.
މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރުކަމުން މި އެވޯޑަކީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދިން އެވޯޑެކެވެ.
ކިޔުންތެރިންގެ ހިޔާލު